ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ޙަމަލާތަކުގައި 4 ޖާނަލިސްޓުން ޝަހީދުވެއްޖެ

ޣައްޒާގެ ނަސްރު ހޮސްޕިޓަލްއަށް ނިރުބަވެރި އިޒްރާއީލުން އަނެއްކާވެސް ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮއްލާއިފި އެވެ.

ޝަހީދުވި މީހުންގެ ތެރޭގައި އަލްޖަޒީރާއާއި ރޮއިޓާރސްގެ އިތުރުން އެސޯޝިއޭޓެޑް ޕްރެސްއާއި އެންބީސީގެ 4 ނޫސްވެރިންވެސް ހިމެނޭކަމަށް އެނޫސް އެޖެންސީތަކުން ބުނެ އެވެ.
ފަލަސްތީނުގެ ސިއްޙީ ވުޒާރާއާއި ހަވާލާދީ ބޭރުގެ ނޫސް އެޖެންސީތަކުން ބުނެފައިވަނީ، ދެފަހަރެއްގެމަތިން ދިން ހަމަލާތަކުގައި 19 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ހަމަލާ ދިނުމުން އަނިޔާވި މީހުން ސަލާމަތް ކުރުމަށް ރެސްކިއު ވޯކާސްއާއި އާންމުން އަވަސްވެގަތެވެ. ދެވަނަ ހަމަލާ ދިނީ އެވަގުތު އެވެ. ހަމަލާތައް އަމާޒުކޮށްފައި ވަނީ ނަސްރު ހޮސްޕިޓަލްގެ 4 ވަނަ ފަންގިފިލާއަށެވެ.
ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ހަމަލާ ދިނީ އެނޫހުން ލައިވްފީޑް ކުރަމުންދިޔަ ވަގުތެއްގަ އެވެ. އަދި ހަމަލާއާއެކު ކެމެރާމޭން އަލްމަސްރީ އޮޕަރޭޓް ކުރަމުންދިޔަ ލައިވްފީޑް ހުއްޓުނެވެ. އެޙަމަލާގައި އަލްމަސްރީ ވަނީ ޝަހީދުވެފަ އެވެ. އަލްމަސްރީގެ އިތުރުން އަލްޖަޒީރާގެ ފޮޓޯގްރަފަރ މުޙައްމަދު ސަލަމާއާއި އެސޯސިއޭޓެޑް ޕްރެސްގެ މަރިޔަމް އަބޫދައްޤާ، އަދި އެންބީސީގެ ޖާނަލިސް މުއާޒް އަބޫތާހާ ހިމެނޭކަމަށް ޣައްޒާގެ ރަސްމީ ނޫސް އޭޖެންސީއިން ބުނެފައިވެ އެވެ.
އެއޭޖެންސީއިން އިތުރަށް ބުނެފައިވަނީ، ކުށެއްނެތް އެތައް ރައްޔިތުންނަކާއި ޖެހިލުމެއްނެތި އެމީހުންގެ ޒިންމާ އަދާކުރަމުންދިޔަ ޖާނަލިސްޓުންތަކެއް ޝަހީދުކޮށްލި އަނިޔާވެރި މި ހަމަލާގެ ޒިންމާ ނަގަންޖެހޭނީ ހަމައެކެނި އިޒްރާއީލުން އެކަނި ނޫން ކަމަށާއި، އެމެރިކާއާއި މި ލާއިންސާނިއްޔަތައް ވާގިވެރިވާ ޔުނައިޓަޑް ކިންޑަމްއާއި ޖަރުމަނާއި ފަރަންސޭސިވިލާތް ފަދަ ގައުމުތަކުންވެސް މިހަމަލާގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.