ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ އަދި ފަރުބަދަތަކުން ވެއްޔާއި ކިސަޑު ފައިބައިގެން މަރުވެ މީހުންގެ އަދަދު 321 އަށް އަރާފައިވާކަމަށް ޕާކިސްތާނުގެ ޑިސާސްޓަރ އޮތޯރިޓީއިން ބުނެފިއެވެ.

އެއިދާރާއިން ބުނެފައިވަނީ ވިއްސާރަ މޫސުން ފެށި ފެންބޮޑު ވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބި އެންމެ ގިނަ މީހުން މަރުވެފައިވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުން އޮންނަ އަވަށެއް ކަމަށްވާ ޚައިބަރު ޕަޚްތުޚްވާގައި ކަމަށެވެ. އަދި މީގެއިތުރުން ހުޅަނގުންއޮންނަ އަވަށެއް ކަމަށްވާ ގިލްޖިތު ބަލްތިސާންއިން 5 މީހުން މަރުވެ ކަޝްމީރުގެ ޕާކިސްތާންއާވީ ފަޅިންވެސް އިތުރު 9 މީހުން މަރުވެފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ބޯވާރެއާއެއްކޮށް ފަރުބަދަތަކުން ފޭބި ވެއްޔާއި ކިލާ ގޭގެއަށް ފޭބުމުން އިމާރާތްތައް ދަށުވެއެވެ. މީޑިއާއަށް މަޢުލޫމާތު ދެމުން ޕާކިސްތާނު ސަރުކާރުން ބުނެފައިވަނީ ފެންބޮޑުވުމާއި އިމާރާތްތައް ދަށުވި މީހުންނަށް އެހީތެރިވުމަށް އެސަރަހައްދަށް ހެލޮކޮޕްޓަރެއް ފޮނުވިކަމަށާއި ނަމަވެސް ހެލިކޮޕްޓަރު މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓި އޭގައި ތިބި 5 ކްރޫއިން މަރުވެފައިވާ ކަމަށެވެ. ވެއްޓުނު ހެލިކޮޕްޓަރަކީ މިލިޓަރީ އެއާކްރާފްޓެކެވެ.
ވެއްޓިފައިވާ ގެތަކުގެ ދަށުން މީހުން ސަލާމަތްކުރުމާއި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމުގެ މަސައްކަތް އަސްކަރިއްޔާއިން ދަނީ ކުރަމުންނެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.