އެހީ ހޯދުމަށް ދިޔަ 1760 މީހުން ޝަހީދުކޮށްލާފައިވޭ

އެހީގެ ތަކެތި ހޯދުމަށްދިޔަ 1760 މީހަކު އަނިޔާވެރި އިޒްރާއީލުން ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފި އެވެ.
އެކުވެރި ދައުލަތްތައް (ޔޫ.އެން)ގެ އިންސާނީ ހައްޤުތަކާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި މޭމަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް އެހީހޯދުމަށް ދިޔަ ފަލަސްތީނުގެ 1760 މީހަކު އިޒްރާއީލުން ދިން ސީދާ ހަމަލާތަކުގައި ވަނީ ޝަހީދު ކޮށްލާފަ އެވެ. އަދި މިގޮތަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެފައިވާ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފަ އެވެ.
ހައްދުފަހަނައަޅާފައިވާ އިޒްރާއީލްގެ އަސްކަރިއްޔާއިން ދިން ޙަމަލާތަކުގައި ހުކުރު ދުވަހު އެކަނިވެސް 44 މީހުން ޝަހީދުވެފައިވާ ކަމަށް ހޮސްޕިޓަލްތަކާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފަ އެވެ. އަދި ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތައް އިތުރު ކޮށްފައިވާއިރު ބޯޑަރުތައް ބަންދުކޮށް އެހީގެ ތަކެތި އެތެރެވުން ހުއްޓުވުމުން ބަނޑުހައިހޫނުކަމުގައި ވެސް ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ދަނީ ޝަހީދުވަމުންނެވެ.
ދެމުންދާ ޙަމަލާތަކުގެ އިތުރުން ބަނޑުހައިހޫނު ކަމުގައި ޝަހީދުވި މީހުންގެ ޢަދަދު ހުކުރު ދުވަހާއި ހަމައަށް 240 އަށް އަރާފައިވާއިރު އޭގެތެރޭގައި 107 ކުޑަކުދިން ހިމެނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.