
މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
މާލެއާއި ހުޅުމާލޭގެ އެކިސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މިކަމާއިބެހޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރާ ކަމަށެވެ. މައްސަލަ ހައްލު ކުރުމަށްފަހު އަލުން ޚިދުމަތް ދެވޭނެ ވަގުތެއް އެކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.
މާލެއާއި ހުޅުމާލޭގެ އެކިހިސާބުތަކުން މިއަދު ކަރަންޓު ކެނޑިފަވާއިރު ފާއިތުވި ހޮނިހިރު ދުވަހު ހެނދުނު 9:30 ހާއިރު މުޅި މާލެއާއި ހުޅުމާލެއިން އެއްކޮށް ވަނީ ކަރަންޓު ކެނޑި ބްލެކްއައުޓްއަކަށް ވަނީ ގޮސްފައެވެ. އަދި އޭގެ ކުރިން ޖޫން 1 ވަނަ ދުވަހުވެސް މުޅި މާލެއިން ކަރަންޓު ކެނޑުމުގެ އިތުރުން ޖުލައި 22ގައި ވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވެ އެވެ.
މިދިޔަ ޖޫން މަހު ކަރަންޓު ކެނޑި ގިނައިރުވުމުން، ސްކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑާލަން ޖެހިފައިވެ އެވެ.