ކުޑަރަށް ރިސޯޓުގެ ވޯޓަރވިލާއެއްގައި ރޯވެއްޖެ

އދ. އަތޮޅުގައި ހިންގާ ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމް.އެން.ޑީ.އެފްއިން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:52 ގައި ކަމަށާއި، މަޢުލޫމާތު ލިބުމުން ފަޔަރމަނުން އެރިސޯޓަށް ދިއުމަށް 11:05 ހާއިރު މާލެއިން ފުރާފައިވާ ކަމަށެވެ. އަދި އެވަގުތު އަލިފާން ނިއްވުމުގެ މަސައްކަތް އެރިސޯޓުގެ ސްޓާފުން ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
މިހާދިސާގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ޖެހިޖެހިގެން ހުރި ދެތިން ވޯޓަރވިލާއެއްގައި ރޯވެ ކަޅުދުން އަރާ މަންޒަރު މިފޮޓޯތަކުން ދައްކުވައިދެ އެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.