”ގައުމީ ނިއުސް އެޖެންސީ“ އެއް އުފައްދަނީ

”ގައުމީ ނިއުސް އެޖެންސީ“ އެއް އުފައްދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެެވެ.

މި އެއްބަސްވުން މިއަދު ހަދާފައި ވަނީ ޔޫތު މިނިސްޓްރީ އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމާ ދެމެދު އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހީމް ވަހީދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެއްބަސްވުމުގެ ދަށުން ގާއިމުކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލެއްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ އެވެ.

މި ހިދުމަތަކީ، ރަޖިސްޓްރީކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެން ދާނެ ހިދުމަތެކެވެ.

ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ޙިދުމަތް ފޯރުކޮށް ދެވޭނީ މިނިސްޓްރީއާ ގުޅިގެން އެތަނުގެ ބައިވެރިވުން އޮންނަ ގޮތަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.