
އެސްޓީއޯ އިން ފިޔާ ކިލޯއެއް 15ރ. އަށް
ފިޔާގެ ތާށިކަން ކުރިމަތިވެފައި ވަނިކޮށް އެސްޓީއޯ އިން ފިޔާ ގެނެސް ކިލޯއެއް މިހާރު 15ރ. އަށް ވިއްކަން ފަށައިފި އެވެ.
މޫސުން ގޯސްވުމާ ގުޅިގެން ފިޔާ ގެނައުން ދަތިވުމާއި ގެނެސްފައިވާ ޝިޕްމަންޓް ބޭލުންނ ފަދަ ދަތިތަކާ ހެދި މި ފަހުން ފިޔާ ލިބުން ދަތިވެ، އަގު ވެސް އުފުލިފައިވެ އެވެ.
އަދި ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން އެސްޓީއޯ ފިޔާ ގެނެސް މިހާރު، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަންނަނީ ފިޔާ ކިލޯއެއް 15ރ. އަށް ވިއްކަމުންނެވެ.
އެ ކުންފުނިން ބުނީ އެތަނުހެ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް ވެސް މިހާރު ފިޔާ ލިބެން ހުންނާނެ ކަމަށެވެ.