
މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެގޮތުން އެ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ކުރިން އޮތީ ނޮވެމްބަރު 7 ގެ ނިޔަލަށް ނަމަވެސް މިހާރު އެ މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ 2 އަހަރަށް އޮންނަ އިރު، މީޑިއާ ކައުންސިލަށް އިންތިޚާބު ކުރަން ހަމަޖެހިފައިވަނީ މީޑިއާތަކުގެ 7 މެންބަރުންނާއި ޢާންމުންގެ 6 މެންބަރުންނެވެ.
އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރޭ އިރު، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ސިފަތައް، ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ގައިގާ ހުންނަން ޖެހެއެވެ.
މިހާރު އެކުލަވާލާފައިވާ، ކައުންސިލުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޑިސެމްބަރުމަހުގެ 2ވަނަ ދުވަހުއެވެ.



