ޕާޓީތަކުގެ މަޝްވަރާގައި އަދާލަތު ޕާޓީވެސް ބައިވެރިވަނީ…

ސަރުކާރާ ސިޔާސީ ޕާޓީތަކާ ދެމެދު މަޝްވަރާތައް ފެށުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު)ން ރާއްޖެއަށް އަންގާފައިވާތީ، އެ މަޝްވަރާތަކުގައި އަދާލަތު ޕާޓީންވެސް ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އދ. އާއި ސީމެގު އަދި އެހެނިހެން ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާއި އެކު ސަރުކާރުން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާން އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާގައި އެޕާޓީގެ ފަރާތުން ބައިވެރިވާނެ ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދާލަތު ޕާޓީން މިގޮތަށް ނިންމާފައިވާ އިރު، އެމްޑީޕީންވެސް ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެއްވެސް ޝަރުތަކާ ނުލައި އެޕާޓީން ބައިވެރިވާނެ ކަމަށް ބުނެފައެވެ. އަދި މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާނީ ލީޑަރޝިޕުން ކަނޑައަޅާ ފަރާތެއް ކަމަށްވެސް އެޕާޓީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމާފަވެ.

ސަރުކާރުން ވަނީމަޝްވަރާތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް ރައީސް އޮފީހަށް ފޮނުވުމަށް އަންގައިފައެވެ.

ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެމްޑީޕީއާއި އަދާލަތު ޕާޓީ އިން މިހާތަނަށް ވަނީ ބައިވެރިވުމަށް އެއްބާރުލުން ނުދީފައެވެ. އެ ދެ ޕާޓީން ވެސް އެކި ފަހަރު މަތިން ސަރުކާރަށް ޝަރުތުތަކެއް ކުރިމަތިކުރުވާފައިވާ އިރު،ވެ ސަރުކާރުންވެސް ވަނީ ދޫނުދީފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ބައްދަލުވުމުގައި އެ ގްރޫޕުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތުތަކެއް ކުރިމަތި ނުކޮށް މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.