
ޕޮޓޭޓޯ ބޯލްސް
ފަސޭހައިން ތައްޔާރުކޮށްލެވޭ ރަހަމީރު ހެދިކާއެއް
ބޭނުންވާ ތަކެތި:
- އަލުވި 300ގ
- އަސޭމިރުސް 1 ސައި ސަމުސާ
- ހެޔޮވަރު ލޮނު ކޮޅެއް
- ކޯން ފްލޯރ 1/2 ޖޯޑު
- 2 ހިކަނދިފަތް ( ކުޑަކޮއް ކޮށާލާފައި)
- ތެޔޮ 2 ސައި ސަމުސާ
ތައްޔާރު ކުރާނެ ގޮތް:
- އަލުވި ކޮޅު މަޑުވަންދެން ފެނު ކައްކާލާށެވެ. އަދި ތޮށި ނެއްޓުމަށްފަހުގައި ތައްޓަކަށް އެޅުމަށްފަހު އުލަކުން ޗަސް ކޮއްލާށެވެ. އެއަށްފަހުގައި އަސޭމިރުސް ކޮޅާއި، ލޮނު ކޮޅު، ހިކަނދިފަތް ، ކޯން ފްލޯރ އަދި ތެޔޮ ފޮދު އެޅުމަށްފަހު ރަނގަޅައް މޮޑެލާށެވެ.
- ފުއްގަނޑު މޮޑެވުމުން އޭގެން ގުޅަތަކެއް ހަދާލާށެވެ. ގުޅަ ހަދާއިރު އަތުގައި ތަތްލަވާނަމަ ކުޑަ ތެޔޮކޮޅެއް އަތުގައި ހާކާލުމަށްފަހުގައި ގުޅަ ހަދާލާށެވެ. އެއަށްފަހު މަޑު ގިނީގައި މުރަނަ ވަންދެއް ތެލުލާލާށެވެ. އޭރުން އެހުރީ ޕޮޓޭޓޯ ބޯލްސް ތައްޔާރު ވެފައެވެ.