
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވައިފި
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އަންނަ އަހަރުގެ 26 ބިލިޔަން ރުފިޔާގެ ބަޖެޓް ފިނޭންސުން މަޖިލީހަށް ފޮނުވީ މިދިޔަ ހޯމަދުވަހުއެވެ.
26 މިލިއަން ރުފިޔާގެ ބަޖެޓެއް މިދިޔަ ހޯމަދުވަހު މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާއިރު މި ބަޖެހޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ދޮޅު ބިލިޔަން ދަށްއަދަދކެވެ.
މިއަހަރުގެ ބަޖެޓަކީ 27.5 އަށް ވާއިރު އަންނަ އަހަރުގެ ބަޖެޓަކީ 26 ބިލިޔަން ރުފިޔާއެވެ. މިއީ ދައުލަތުގެ ބަޖެޓު އޭގެ ކުރީ އަހަރަށްވުރެ ކުޑަކުރި ފުރަތަމަ ފަހަރެވެ.
ފިނޭންސް މިނިސްޓްރީން 2017 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވާފައިވީނަމަވެސް މި ބަޖެޓް ހުށަހަޅާނެ ދުވަހެއް އަދި ތާވަލުކޮށްފައެއް ނުވެއެވެ.
މަޖިލީހަށް ބަޖެޓް ހުށައަޅާނެ ވަކި ދުވަހެއް އަދި އެޖެންޑާކޮށްފަނުވިނަމަވެސް ބަޖެޓް ލިބުމާ ގުޅިގެން ކުރަން ޖެހޭ އިދާރީ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ބަޖެޓް ހުށަހަޅާ ވަގުތުން ފެށިގެން ބަޖެޓާ މެދު ބަހުސްކޮށް ބަޖެޓް ދިރާސާ ކުރާ ކޮމިޓީއެއް އެކުލަވާލައި ބަޖެޓް ކޮމިޓީއަށް ފޮނުވަން ޖެހޭނެއެވެ.
އަދި މީގެއިތުރުން ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރާއި އެހެން ވެސް ކަމާ ގުޅޭ އިދާރާތައް ހާޒިރުކޮށް ބަޖެޓް ދިރާސާ ކުރަން ވެސް ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހައް ފޮނުވާފައިވާ މިއަހަރުގެ ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އެހެން ނަމަވެސް 27.5 ބިލިއަން ރުފިޔާގެ ބަޖެޓުން 3.4 ބިލިއަން ރުފިޔާ އަކީ ބަޖެޓް ޑެފިސިޓް އެވެ.
އެހެން ނަމަވެސް ބަޖެޓް ޑެފިސިޓް ލަފާކުރާވަރަށް ވުރެ ބޮޑުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.



