ބައްސާމަށް ތާއީދުކުރަން ޓީސީން ނިންމައިފި

އެފްއޭއެމްގެ އިންތިހާބުގައި ޓީސީ ސްޕޯޓްސް ކުލަބުން ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރަން ނިންމައިފި އެވެ.

ޓީސީން ބައްސާމުއަށް ތާއިދުކުރަން ނިންމިއިރު އެޓީމުން މީގެ ކުރިން ނިންމާފައިވަނީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް އަހުމަދު ތޯރިގް (ޓޮމް) އަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓީސީން ޓޮމްއަށް ކުރި ތާއީދު އަނބުރާ ގެންދިޔައިރު އިންތިހާބުގައި ވާދަކުރުމަށް ޓޮމް އެފްއޭއެމް އަށް ފޯމު ހުށަހެޅީ 21 ކްލަބްގެ ތެރޭގައި ޓީސީ ހިމެނެއެވެ.

މިކަމާ ގުޅިގެން ވާހަކަދައްކަމުން ޓީސީން ބުނީ ބައްސާމަށް ތާއީދުކުރަން އެ ޓީމުން ނިންމީ ފުޓްބޯޅައިގެ ކުރިމަގަށް ވިސްނުމަށް ފަހު ކަމަށެވެ.

އަދި މިއަދުން ފެށިގެން ބައްސާމް ހޮވުމަށް ބޭނުންވާ ހުރިހާ ކަމަކަށް ޓީސީގެ ސަޕޯޓް ލިބޭނެކަމަށް ވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ޓީމް ކަމުގައިވާ ޓީސީން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ އިންތިޚާބު ބާއްވަން ޖެހުނީ އެކްސްކޯގެ ފަސްމެމްބަރުން އިސްތިއުފާ ދުނުމުން ރައީސްކަމުގައި ހުރި ތޯރިގުގެ މަގާމް ގެއްލުމުންނެވެ. މި އަހަރުގެ އެފްއޭއެމްގެ ދެ ވަނަ އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.