ޗެލްސީ ފަސްބެލުމެއް ނެތި ކުރިޔައް..

އިންގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެހެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން  ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗު ޗެލްސީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސައުތްހެމްޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީ ކޮޅު އެޓީމުން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. މެޗު ފެށިގެން 6 ވަނަ މިނެޓްގައި މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ.

މި ގޯލަށްފަހު ވެސް އެޓީމު ރަނގަޅަށް ކުޅެމުން ދިޔައިރު  ފުރަތަމަ ހާފްގައި ޗެލްސީއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެން ވަނީ ލިބިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް މި ހަމަލާތައް ސައުތްހެމްޓަންގެ ގޯލްކީޕަރު ފޯސްޓާ ވަނީ ދިފާއުކޮށްފައެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޑިއޭގޯ ކޮސްޓާ އެވެ.

މި ލަނޑާއެކު ކޮސްޓާ ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 8 އަށް އަރާފައެވެ.

މި ލަނޑަށްފުގައިވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް  ޗެލްސީއަށް ވަނީ ލިބިބޭކާރުވެފައެވެ.

ސައުތްހެމްޓަންއިން ވެސް ވަނީ މި ހާފުގައި ލަނޑު ޖަހަން ދެ ފުރުސަތެއްވަރު ލިބިގެން ގޮސްފައެވެ.

މި މޮޅާއެކީ ޗެލްސީ އޮތީ 22 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ ތިންވަނައިގައި އޮތް ލިވަޕޫލް އާއި ދެވަނައިގައި އޮތް އާސެނަލް އަދި، ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ސައުތްހެމްޓަން އޮތީ، 13 ޕޮއިންޓާއެކީ ލީގުގެ 9 ވަނައިގައެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ އެވަޓަންއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.