
ފުރަތަމަ ދެ މެޗު ކުޑަހުވަދޫ އާއި ތިމަރަފުއްޓަށް.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗު ދ. ކުޑަހުވަދޫއާއި ތ ތިމަރަފުށީ ކާމިޔާބުކޮށްފި އެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި މިއަދު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދެޓީމް ކަމުގައިވާ މަހިބަދޫ އާއި ކުޑަހުވަދޫ ވާދަކުރި މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ކުޑަހުވަދޫ މޮޅުވިއިރު މި މެޗުން އެޓީމަށް ތިންޕޮއިންޓް ކަށަވަރުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިނީ ކުޑަހުވަދޫ ޓީމުގެ އުންމީދީ ކުޅުންތެރިޔާ ޖުމައިލް ޖަމީލް އެވެ.
މި ގްރޫޕްގެ ދެ ވަނަ މެޗުގައި މާދަމާ ކުޅެވޭއިރު މި މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސ.ފޭދޫ އާއި ގއ. ދެއްވަދޫ އެވެ.
މިއަދު ކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ގްރޫޕް ބީގެ ދެޓީމު ކަމުގައިވާ ތިމަރަފުއްޓާއި ނ. ލަންދޫ އެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ތިމަރަފުއްޓެވެ. ތިމަރަފުށީގައި ކުޅުނު މި މެޗުގައި އެޓީމަށް މި މެޗުން މޮޅުވި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފްގައި އަބްދުﷲ މުނާޒް އެވެ.
މި ގުރޫޕުގެ ދެ ވަނަ މެޗުވެސް މާދަމާ ކުޅޭނެއެވެ. މާދަމާ ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ބ.އޭދަފުށްޓާއި ހދ. ހަނިމާދޫ އެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ކުޑަހުވަދޫގަ އެވެ.
އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއް ވަނަ ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމެވެ. މި މެޗު އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ކުޅޭއިރު މި މެޗު ކުޅޭނީ ތިމަރަ ފުށީގައެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ނޮވެމްބަރު މަހު 10 ވަނަ ދުވަހުގެރޭ މާލޭގަ އެވެ.



