
ފަރުދީ ޒިންމާ އަދާކޮށް، ކޮވިޑުން އަރައިގަތުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި
ފަރުދީ ޒިންމާ އަދާކޮށް، ކޮވިޑުން އަރައިގަތުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ އަހްމަދު ނާސިރު ވިދާޅުވީ މިއީ އެންމެން އެކައްޗެއް ކިޔައިގެން ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތު ކަމަށެވެ.
ޢާއިލާ އާއި ރައްޓެހި، ރަޙްމަތްތެރިން މި ބަލިމަޑުކަމުން ރައްކާތެރި ކޮށްދިނުމަށް އެޗްޕީއޭގެ ގައިޑްލައިންތަކަށް ކަމޭހިތައިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޯ ލެނބުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
”ކޮވިޑުން ރައްކާތެރިވުމަށް ރަނގަޅަށް މާސްކު އަޅުއްވާ. ތިންފޫޓުގެ ގައިދުރުކަން ބަހައްޓަވާ. ގިނަގިަނއިން އަތް ދޮންނަވާ. ސާފުތާހިރުކަން އިސްކުރައްވާ.“ ނާސިރު އެދިވަޑައިގެންނެވި އެވެ.
ނާސިރު އިތުރަށް ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހެއްގެ ކޮންޓެކްޓް ބަބްލް ކުޑަ ކުރުމަށް ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުނިކުތުމަކީ މި ބަލިން އަރައިގަތުމަށް އެޅޭނެ އެންމެ މުހިންމު އެއްކަންތައް ކަމަށެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ އިރު، ބެކްލޮގް ތަކާއެކު އިއްޔެވެސް ރާއްޖެއިން ވަނީ 2194 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ރާއްޖެއިން މިހައިތަނަށް 115 މީހަކު ވަނީ ނިޔާވެފަ އެވެ.