
ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު އެއްލައްކަ ސާޅީސް ހާހަށް ވުރެ މައްޗަށް އަރައިފި
ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު އެއްލައްކަ ސާޅީސް ހާހަށް ވުރެ މައްޗަށް އަރައިފި އެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނީ ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ވެކްސިންގެ 2ވަނަ ޑޯޒް އިތުރު 2،310 މީހަކު ޖަހާފައިވާ ކަމަށެވެ.
ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 2،310 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން 357 މީހުންނާއި އަތޮޅުތަކުން 1،953 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.
މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 147،682އަށް އަރާފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް 583 މީހުން ޖަހާފައިވާ އިރު، އޭގެ ތެރޭގައި މާލެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 231 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 352 މީހެއް ހިމެނޭ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 303،919 އަށް އަރާފައެވެ.



