
ދިވެހި ހުރިހާ ހައްޖާޖީން ރާއްޖެ އަތުވެއްޖެ
ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ރާއްޖެއިން މިއަހަރު ސަޢޫދީއަށް ދިޔަ ދިވެހި ހުރިހާ ހައްޖާޖީން ރާއްޖެ އަތުވެއްޖެއެވެ.
ދިވެހި ހައްޖުވެރިންގެ އެންމެފަހު ގްރޫޕް މިއަދު މާމެ އައި އިރު، މި ގްރޫޕުގައި ހިމެނެނީ ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި ދިޔަ މީހުންނެވެ.
މިއަހަރު ރާއްޖޭގެ ހައްޖުވެރިން ސަޢޫދީއަށް ގެންގޮސްފައިވަނީ މެގަ މޯލްޑިވްސް އާއި ސަޢޫދީގެ ޤައުމީ އެއަރލައިނުންނެވެ. އެގޮތުން މެގަ މޯލްޑިވްސްއިން 603 ހައްޖާޖީންވަނީ ގެންގޮސްފައެވެ. އަދި ބާކީތިބި ހައްޖުވެރިން ގެންދިޔައީ ސަޢޫދީ ޤައުމީ އެއަރލައިނުންނެވެ.
މިއަހަރު ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި 1000 މީހުން ދިޔަ އިރު، ބާކީތިބި 1000 މީހުން ގޮސްފައިވަނީ ތަފާތުއެކި ޖަމާޢަތްތަކުގެ އެހީގައެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 3 މީހަކު ނިޔާވެފައިވާ އިރު، އޭގެތެރެއިން އެކަކު ނިޔާވެފައިވަނީ ކޯމާއެއްގައި އޮވެއެވެ.



