ރަށްރަށުގައި ތިބި ސިވިލް ސަރވިސްގެ އެގްޒެކެޓިވް ސްޓާފުންނަށް އަމާޒުކޮށް ވާރޗުއަލް ސެޝަނެއް ބާއްވައިފި

ރަށްރަށުގައި ތިބި ސިވިލް ސަރވިސްގެ އެގްޒެކެޓިވް ސްޓާފުންނަށް އަމާޒުކޮށް ވާރޗުއަލް ސެޝަނެއް ބައްވައިފިއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް ގުޅިގެން ނެޝަނަލް އިންސްޓިޓިއުޓްގެ ޓްރެއިނިންގ ހޯލުގައި މިއަދު ބޭއްވި މި ސެޝަނުގައި އެކި އަތޮޅުތަކުގެ އީލާރނިންގ ސެންޓަރުތައް މެދުވެރިކޮށް ސިވިލް ސަރވިސްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. މި ސެޝަނުގައި މަޢުލޫމާތު ދެއްވާފައިވަނީ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސެޝަނުގައި ޗައިނާގައި ސިވިލް ސަރވިސް ފެށިގެން އައިގޮތާއި ސިވިލް ސަރވިސް ކުރިއަރައިގެން ދިޔަ ގޮތުގެ މައްޗަށާއި ޗައިނާގައި ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރެވޭގޮތްތަކާއި ޗައިނާއިން މި ދާރާގައި ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ޗައިނާގެ ޕްރޮފެސަރުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު މެންދުރުފަހު 13:00 ން 15:00 އަށް ކުރިޔަށް ގެންދިޔަ މި ސެޝަނަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް ގުޅިގެން މިހާރު ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމު ”އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވިއަން ސިވިލް ސަރވަންޓްސް“ ގެ ދަށުން ކުރިޔަށް ގެންދިޔަ ސެޝަނެކެވެ.

މި ޕްރޮގްރާމުގެ ދަށުން ސިވިލް ސަރވިސްގެ ޕަރމަނަންޓް ސެކެޓްރީންނާއި ޑިރެކްޓަރ ޖެނެރަލުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމަކާއި ސިވިލް ސަރވިސްގެ މިޑުލް މެނޭޖްމެންޓް ލެވެލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެންވެސް ވަނީ ތަމްރީނު ޕްރޮގްރާމެއް ހިންގާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.