ދީނީ އިލްމަށް ލޯބިކުރާ ދަރިން ތަރުބިއްޔަތު ކުރަމާ!

އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުގައި މިއަދު އެންމެ އަޑުގަދަކޮށް ދެކެވެމުންދާ އެއް ވާހަކައަކީ މި ފަސްގަނޑަށް އުފަން ދިވެހި ރައްޔިތުންތަކެއް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދު صلى الله عليه و سلمއަށް ތަފާތު އެކި ގޮތްގޮތުން ފުރައްސާރަކޮށްފައިވާ ވާހަކައެވެ. އަޅުގަނޑުމެންގެ ސްކޫލްތަކުގެ މުޤައްރަރުގައި ކިޔަވައިދެމުން ގެންދާ (އިސްލާމް) މި މާއްދާގައި އުނިކަންތައްތަކެއް ހުރިކަމަށް ޝާޢިއުކޮށް އާއްމު ކޮށްފައިވާ ވާހަކައެވެ. މި ހައްސާސް ދަނޑިވަޅުގައި އަޅުގަނޑުމެން ކުރިޔަށް އޮތް ޖީލާއި މެދު ވިސްނާލުން މުހިންމެވެ. އެގޮތުން އަޅުގަނޑުމެން ތުއްތު ދަރިންގެ ތަރުބިއްޔަތަށް އިތުރު ވަގުތު ހޭދަކޮށް، އެ ކުދިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ ކުދިން ކަމުގައި ހެދުމަށް ގަދަ އަޅާ މަސައްކަތް ކުރަންވީއެވެ.
އައްނިސާ ސޫރަތް ﴿80﴾
مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا
رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.
އަންނޫރު ސޫރަތް ﴿63﴾
لَّا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضًا ۚ قَدْ يَعْلَمُ اللَّهُ الَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذًا ۚ فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވައިއުޅޭފަދައިން ތިޔަބައިމީހުންގެ މެދުގައި رسول އާއަށް ގޮވައިނޫޅޭށެވެ! ތިޔަބައިމީހުންގެ ތެރެއިން (إذن އެއްނެތި) ފިލައިގެންދާ މީހުން ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ أمر ފުޅާ خلاف ވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި عذاب އެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދު ދިވެހި ތުއްތުކުދިންގެ ބިންގާ ވަރުގަދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ދިވެހި ރާއްޖެއާއި ދިމާލަށް އެތައް ބަޔަކު މިއަދު ކަޅި އަޅަމުންދާތީއެވެ.

 

ދުނިޔެއާއި އާޙިރަތުގައިވެސް ހެޔޮގޮތް އޮތީ، އަޅުގަނޑުމެންގެ މި އުންމަތުގެ މާތް ނަބިއްޔާ މުހައްމަދު صلى الله عليه و سلم ގެ މަތިވެރި ސުންނަތުގެ މަތީގައި ދެމި ތިބެގެންކަން ތުއްތުކުދިންނަށް ވިސްނައިދީ، ހަތް އުޑުމަތިން މާތް ﷲ ބާވާލެއްވި ޤުރުއާނުގެ އިލްމުގައި ހިފައި އެކަމުގެ މަތީގައި ތިބުމަށް ކުދިންނަށް އެއްބާރުލުން ދޭންވީއެވެ. ފިތުރަތުގެ ސާފުކަން މަތީ އުފަންވާ ތުއްތު ކުދިންނަކީ އެ ކުދިންނަށް އެންމެ ކުޑައިރު ވިސްނައިދިން ގޮތަކަށް ތަރުބިއްޔަތު ވެގެން ދާނެ ކުދިންނެވެ. އެގޮތުން ޅަފަތުގައި އެ ކުދިންގެ އަޤީދާ ވަރުގަދަ ކުރުމަކީ މިއަދު ދިވެހި ކޮންމެ ބެލެނިވެރިއެއްގެ ޒިންމާއެއްކަން ކަށަވަރެވެ. ސްކޫލުގެ މާހައުލުންނާއި، މުވާސަލާތީ ވަސީލަތްތައްކަމަށްވާ އިންޓަނެޓާއި އަދި އިންޓަނެޓާއި ގުޅިފައިވާ ތަފާތު ޕްލެޓްފޯމްތަކުން ކުދިންނަށް ނަގައިގަނެވޭ ނޭދެވޭ ކަންތައްތަކުން މަޑުމަޑުން ދުރުހެލި ކުރުމަށް މަސައްކަތް ފަށަންވެއްޖެއެވެ. އަދި މިއަދު އެތައް ތުއްތު ކުދިންގެ ސިކުނޑިތައް އެކަމަށް ދެވިހިފާފައިވާ ޔޫޓުބުން ފެންނަ އެކި އެކި އިސްލާމްދީނާއި ބީރައްޓެހި ޕްރޮޕަގެންޑާ ޗެނަލްތަކުން ކުދިން ދުރުކޮށް، އިސްލާމިކް ޗެނަަލްތަކާއި އިލްމު އުގެނޭ ވީޑިއޯތަކަށް ކުދިން ލޯބިކުރުވަންވީއެވެ.

މިއަދު ދިވެހި ތުއްތުކުދިންގެ ބިންގާ ވަރުގަދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ދިވެހި ރާއްޖެއާއި ދިމާލަށް އެތައް ބަޔަކު މިއަދު ކަޅި އަޅަމުންދާތީއެވެ. އަދި ދިވެހި ދަރިވަރުންގެ ސިކުނޑިތަކާއި ކުޅެލުމަށް އެކި ”ވެސްޓާން“ ޕްރޮޕަގެންޑާ ހިންގަމުންދާތީއެވެ.

islamophobia sliderއަޅުގަނޑުމެންގެ ތުއްތު ކުދިންނަށް އެކުދިންގެ މައިންބަފައިންނާއި އާއިލާއަށް ވުރެ ވެސް ބޮޑަށް ހަތް އުޑާއި ބިމުގައި ވާހާއެއްޗެގެ އިލާޙް މާތް ﷲ އަށާއި މި އުންމަތުގެ މާތް ރަސޫލާ މުހައްމަދު صلى الله عليه و سلم ދެކެ ލޯބިވުމަށް އުނގަނައިދޭންވީއެވެ.

ކުރިޔަށް އޮތް ޖީލު ރަނގަޅު ގޮތުގައި ބޮޑުކުރުމަށް ތިބާގެ ޒިންމާ މުހިންމެވެ. އިސްލާމީ މި ވެށީގައި އިސްލާމް ދީނާއި އިސްލާމް ދީނުގައި ވާހުރިހާ ކަމަކަށް ލޯ ހުޅުވި އެކަންކަން އަށަގަންނަ ކުދިންނަށް ހެދުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަންވީއެވެ. އަޅުގަނޑުމެންގެ މި މަސައްކަތުގައި ﷲގެ ރަޙްމަތާއި ބަރަކާތް ލެއްވުމަށް ދުޢާ ކުރަމެވެ! އާމީން!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.