އާޘާރީ ދުވަހު މިސްކިތްތަށް ދައްކާލަނީ

ސައުތް އެފްރިކާގެ އާޘާރީ ދުވަސް ފާހަގަކުރާއިރު މިމަހުގެ 24ވަނަ ދުވަހު އެޤައުމުގެ 44 މިސްކިތެއް ޢާއްމުކޮށް ދައްކާލުމަށްޓަކައި ހުޅުވާނެއެވެ. އެއީ މުޖްތަމައުގެ އެކުވެރި ކަމާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުންނެވެ.

ސައުތް އެފްރިކާ މުސްލިމް ނެޓްއޯރކް (SAMNET)ގެ ޗެއާމަން ޑރ. ފައިސަލް ސުލައިމާން ވިދާޅުވީ ”އާޘާރީ ދުވަހު، ސައުތް އެފްރިކާ މަޝްޣޫލުވެ އުޅޭނީ، އަދި އުނގެނެމުންދާނީ ތަފާތު ޘަޤާފީ ކަންކަމެވެ. ތަފާތު އެކިއެކި ޘަޤާފަތްތަކުގެ މީހުނާއެކުު އުފެދިފައިވާ މިޤައުމަށް، އެބައިމީހުންގެ އުޅުމާއި ގުޅުމުގެ ތެރެއިން އާދެވިފައިމިވަނީ ކިހާ ހިސާބަކަށްކަން އަޅުގަނޑުމެންނަށް މިޙަފްލާއިން ދެނެގަނެވޭނެއެވެ.“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އާޘާރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މިސްކިތައް ހުޅުވާލެވެނީ އެކިދީންތަކުގެ މީހުންނަށް އެތަނުގެ ތެރެއަށްވަދެ ބެލޭގޮތަށެވެ. އިސްލާމުންގެ ފަންނީ މަސައްކަތްތެރިކަމާ، މިސްކިތުތެރޭގައި ވާކަންކަން ޙަޤީޤީ މުސްލިމުންގެ ކިބައިން އުނގެނި ދަސްކުރުމުގެ ފުރުޞަތެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން މުސްލިމް އަންހެނުން ހިޖާބުއަޅާ ބޯނިވާކުރަނީ ކީއްވެކަން ބަޔާންކޮށްދެވިގެން ދާނެކަންވެސް ޑރ، ފައިސަލް ފާހަގަކުރެއްވިއެވެ. މި ޕްރޮޤުރާމުގެ ތެރޭގައި ބައްދަލުވެ ސަލާންގަލާން ކުރުމުގެ އިތުރުން، ނަމާދު ކުރާގޮތާއި ވުޟޫ ކުރާގޮތް ކިޔައިދީ އުނގަނައިދެވޭނެއެވެ. އަދި އިސްލާމްދީނާމެދު އުފެދޭ ޝައްކުތަށް ފިލުވާލުމަށް ސުވާލު ޖަވާބު ސެޝަނެއްވެސް ހިމަނާފައިވެއެވެ.

2018ގެ ”ނޭޝަނަލް މޮސްކް އޯޕަންޑޭ“ގައި 800އެއްހައި މީހުން ބައިވެރިވިއެވެ. އެއަހަރު 4 ޕްރޮވިންސްއަކުން 20 މިސްކިތެއް ބައިވެރިވިއެވެ. ”ޝާކާ ހެރިޓޭޖް ޑޭ“ އަކީ ޒުލޫ ރަސްގެފާނު ޝާކާގެ ހަނދާނުގައި ބާއްވާ ޙަރަކާތެކެވެ. ޒުލޫ އަކީ ސައުތް އެފްރިކާ ޤައުމެއްގެ ގޮތުގައި އުފެއްދި ބާނީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.