ރަސޫލާ صلى الله عليه وسلم އަށް ތަބަޢުވުމުގެ ވާޖިބުކަން (4)

ސުންނަތަކީ ކޮބާ؟

ބަހުގެ ގޮތުން ސުންނަތް:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޢަރަބި ބަހުގައި ލުޣަވީގޮތުން(ބަހުގެގޮތުން) ސުންނަތަކީ ކަމެއް އޮންނަ ގޮތެވެ. އަދި ސީރަތް އަދި އެއްޗެއް ރަނގަޅަށް ބެލެހެއްޓުމަށްވެސް ސުންނަތޭ ކިޔެއެވެ.

އިޞްތިލާޙީގޮތުން ސުންނަތް:

އިޞްތިލާޙީ ގޮތުން ސުންނަތަކީ މާތްނަބިއްޔާ ﷺ ވިދާޅުވެފައިވާ ބަސްފުޅުތަކާއި އެކަލޭގެފާނު ކުރައްވާފައިވާ ކަންތައްތަކާއި އެކަލޭގެފާނު އިޤުރާރުވެފައިވާ ކަންކަމާއި އަދި އެކަލޭގެފާނުގެ ސިފަފުޅުތަކެވެ. އެއީ އަޚުލާޤީ ސިފަފުޅުތަކާއި އަދި ޖިސްމާނީ ސިފަފުޅުތަކެވެ.

އެކަލޭގެފާނަށް ތަބާވުމަށްޓަކައި ސުންނަތް ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ .ވީމާ އަޅުގަނޑުމެން ސުންނަތް ދެނެގަނެ އެކަލޭގެފާނަށް ތަބާވުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. އެހެނީ ސުންނަތަކީ ޤުރުއާނަށް ތަބާވާނެގޮތް ބަޔާންކޮށްދީފައިވާ ޤުރުއާނުގެ ޝަރަހައެވެ. ތަފްސީރެވެ. އަދި ސުވަރުގެ ދިޔުމަށް އޮތް ހަމައެކަނިމަގެވެ. އެމަގު ދޫކޮށްފި މީހާ މަގުފުރެދިއްޖެއެވެ. ނާކާމިޔާބު ވެއްޖެއެވެ.

މީހަކު ހިތަށް އަރާފާނެއެވެ. އެކަލޭގެފާނުގެ ޖިސްމާނީ ސިފަފުޅުތައް ދެނެގަންނަން ޖެހެނީ ކީއްވެއްހެއްޔެވެ؟
ސަބަބަކީ އަޅުގަނޑުމެން ލޯބިވާ މީހެއްކަމުގައިވާނަމަ އެމީހެއްގެ ސިފަތައްވެސް ދެނެގަންނާނެއެވެ. އަދި ފެނުމަށް ލޯބިކުރާނެއެވެ. އެކަލޭގެފާނުގެ ސިފަފުޅުތައް އުގެނުމުން އެކަލޭގެފާނު ހުންނަގޮތް އަޅުގަނޑުމެންނަށް ތަޞައްވަރުކޮށްލެވޭނެއެވެ. އަދި ހުވަފެނުން ފެނުމުންވެސް އަޅުގަނޑުމެންނަށް އެކަލޭގެފާނުގެ ސިފަފުޅުތަކުން އެކަލޭގެފާނުކަން އެނގިގެން ދާނެއެވެ. (މިފަދަ އިބާރާތަކުން ކުއްލިއްޔަތުލް ޙަދީޘްގައި މުޞްތަލަޙް ކިޔަވައިދެއްވާ އުސްތާޛެއްކަމަށްވާ ޞާލިޙު ޣާމިދީއާއި މިސުވާލުކުރެވުމުން ޖަވާބުދެއްވި އަޑުއެހީމެވެ.)

މާތްނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
(أُوصِيكُمْ بِتَقْوَى اللَّهِ , وَالسَّمْعِ وَالطَّاعَةِ وَإِنْ كَانَ عَبْدًا حَبَشِيًّا ؛ فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلافًا كَثِيرًا , فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ ، فَتَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ , وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلالَةٌ)
މާނައީ: ”ތިޔަބައިމީހުންގެ މައްޗަށް ﷲ އަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރަމެވެ. އަދި އަދި )ތިޔަބައިމީހުންގެ ވެރިއެއްގެ ގޮތުގައި( ޙަބަޝާގެ އަޅެއްކަމުގައި ވިޔަސް އަޑުއަހައި ކިޔަމަންގަންނަ ހުށިކަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ފަހުން އުޅޭ މީސްތަކުންނަށް ތަފާތު ޚިލާފުތައް ފެންނާނެއެވެ. ފަހެ އޭރުން ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަންކަލޭގެފާނުގެ ސުންނަތާއި އަދި ތެދުމަގުލިބިގެންވާ ޚުލަފާއުއް ރާޝިދީންނަށް ތަބާވުމެވެ. ފަހެ ސުންނަތުގައި ތިޔަބައިމީހުން ބާރަށް ހިފަހައްޓާހުށިކަމެވެ އަދި ކޮލުދަތްތަކުން އޭގައި ބާރަށްދަތްއަޅާފަދައިން ހިފާހުށިކަމެވެ. އަދި ތިޔަބައިމީހުން ދީނުގެ ނަމުގައި އަލަށް އުފެދޭ ކަންކަމާމެދުގައި ސަމާލުވާހުށިކަމެވެ. ފަހެ ހަމަކަށަވަރުން ދީނުގެ ނަމުގައި އަލަށްއުފެދޭ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“

އާދެ ބިދުޢައަކީ އެކަލޭގެފާނުގެ ސުންނަތުން ސާބިތުނުވާގޮތަށް ދީނުގެ ނަމުގައި އަލަށް އިތުރުކުރެވޭ ކަންކަމެވެ. އެކަލޭގެފާނަށް ތަބާވުމުގައި މިކަމަށް ސަމާލުވާން ޖެހެއެވެ. ފުރިހަމަ ނަމޫނާ ލިބިގަނެވޭނީ އެގޮތުންނެވެ. އެއީ ސުންނަތުގެ އިދިކޮޅެވެ. އަދި ކިއެއްތަ އެއީ ސުންނަތުގެ ދުޝްމަނެކެވެ. އަދި އޭގެ އަހުލުވެރިންނަކީ ނުރައްކާތެރި ފަސާދައިގެ އަހުލުވެރިންތަކެކެކެވެ. އަދި ޢިލްމުވެރިން ބަޔާންކުރައްވާ ފަދައިން ކޮންމެ އެއްޗެއްވެސް އެންމެ ރަނގަޅަށް ދެނެގަނެވޭނީ އޭގެ އިދިކޮޅު ދެނެގަނެގެންނެވެ. ވީމާ ބިދުޢައަކީ ކޮބައިކަމާއި އޭގެ އަހުލުވެރިން ދެނެގަތުމަކީ މުހިންމު ކަމެކެވެ.
ނުނިމޭ…
ކުރީގެ ބައި ވިދާޅުވުމަށް މި ލިޔުމަށް ފިތާލައްވާhttps://atollnews.com/11899/

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.