ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓިވް ގެ ނަމުގައި ޤައުމީ ފެންވަރުގެ ބައްދަލުވުމެއް ފަށައިފި

”ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓިވް‘ ގެ ނަމުގައި ޤައުމީ ފެންވަރުގެ ބައްދަލުވުމެއް ކ. ދިއްފުށީގައި ފަށައިފއެވެ.

މި މަހުގެ 17 އިން 19 އަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ ”ސަސްޓެއިނެބަލަ އޯޝަން އިނިޝިއޭޓިވް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ ގެ ދަށުން ހިންގާ މަސައްކަތު ބައްދަލުވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުން ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ސެކްރެޓޭރިއަޓް އޮފް ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ އާއި ގްލޯބަލް އޯޝަން ބަޔޯޑައިވަރސިޓީ އިނިޝިއޭޓިވް (ގޯބީ) ގުޅިގެންނެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން ކަމާގުޅޭ ހުރިހާ ދާއިރާއެއްގެ ބޭފުޅުން އެއްތަނަކުން ބައްދަލުކޮށް ޚިޔާލުތައް ހޯދައި މަޝްވަރާކުރުމާއި ޤައުމީ ފެންވަރުގައި ކޯސްޓަލް އަދި މެރިން އޭރިއާތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އޯޝަން މެނޭޖްމަންޓް އާއި ގުޅޭ ޤައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން ޖުމްލަ 33 ބޭފުޅުން ބައިވެރިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.