އޭ-ޢީ-އެފް-ސީ-ކަޕް 1440: ތާވަޅޭ އަތުން މޮޅުވެ އޮބެސިޓީ ފައިނަލްގެ އުންމީދު ބޮޑުކުރިއިރު، ތަންޑާ އެފްސީ އަތުން ބަލިވެ އޭތި މީތި ހާސްކަމުގެ ތެރެއަށް

“ އަނީލޫ ކުރިގަމް ޢީދު ފުޓްސަލް ކަޕް 1440 “ ގައި މިއަދު ހަވީރު ވެސް ފޯރިގަދަ ދެ މެޗު ވަނީ ކުޅެފައެވެ. އެގޮތުން މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ތަންޑާ އާއި އޭތި މީތި އެވެ.

މި މެޗުން 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ ތަންޑާ އެފްސީން ނެވެ. މިއީ އޭތި މީތި ޖެހިޖެހިގެން ބަލިވި 2 ދެވަނަ މެޗެވެ. ފުރަތަމަ މެޗުންވެސް އެޓީމު ވަނީ 1-5 އިން ތާވަޅޭ އެފްސީ އަތުން ބަލިވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

61975448 886620255014354 6326127037597614080 n

އެހެން ކަމުން މިއަދުގެ މެޗުން ފަތާތު ބޮޑުކޮށް ބަލިވުމުން އޭތި މީތި ޓީމަށް މިހާރު ވަނީ މުބާރާތުގެ ފައިނަލަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެޓީމު މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ބައިކޮޅަށް 12 ގޯލުވަނީވަދެފައެވެ. އަދި އެޓީމަށް ދެމެޗުން ޖެހިފައިވަނީ އެންމެ 3 ގޯލެވެ. އޭތި މީތި ދެން ކުޅެނ ޖެހޭ މެޗުގައި ނިކުންނާނީ ރެލީ އޭ ދެކޮޅަށެވެ.

އޭތި މީތި ޓީމާ ވާދަކޮށް މޮޅުވި ތަންޑާ އެފްސީ ވަނީ މިއަދުގެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވުމުން އުންމީދުތަކެއް އާވެފައެވެ. އެގޮތުން އެޓީމަށް ކުރިޔައް ކުޅެން އޮތް 2 މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ތަންޑާ އެފްސީ ވެސް މިހާތަނަށް ވަނީ ދެމެޗު ކުޅެފައެވެ. އެޓީމު ފުރަތަމަ ކުޅުނުނީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމުގައިވާ މެންޗެސްޓާ އޮބެސިޓީ އާ ދެކޮޅަށެވެ. މި މެޗުން ތަންޑާ އެފްސީ ބަލިވީ 3-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅުކުޅުމެއް ދައްކާ 4 ލަނޑު ޖަހައިދިން ޖާޒީ ނަމްބަރ 11 އަލީ އިރުފާން ( އިރޫ) އެވެ.62137414 886620348347678 3918913149406806016 n

ފޮނަދޫ ކުރިގަމު ދަނޑުގައި މިހާރު ކުރިޔައްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ މެންޗެސްޓާ އޮބެސިޓީ އާއި އެފްސީ ތާވަޅޭ އެވެ. މި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ އޮބެސިޓީ އެވެ.

މި މެޗު ފެށިގެން މޮޅަށް ކުޅެފައިވަނީ އެފްސީ ތާވަޅޭ ޓީމުންނެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ މެޗުގެ ކޮންޓްރޯލް މެނެޗެސްޓާ އޮބެސިޓީން ވަނީ ހޯދާ ގިނަ ހަމަލާތަކެއް ތާވަޅޭގެ ގޯލަށް އަމާޒުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން ވަރަށް ގާތްވެފައިވަނިކޮށް ހައްޔާން ވަނީ މެނެޗެސްޓާ އޮބެސިޓީ އަށް ލީޑު ނަގާދީފައެވެ. ކާނޫގެ ރީތި ޕާހަކުން މި ގޯލް ހައްޔާން ޖަހާފައިވަނީ ގޯލް އޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި އީ ހައްޔާން މި މުބާރާތުގައި މިހާތަނަށް ކާމިޔާބުކުރި 3 ވަނަ ގޯލެވެ.

މެންޗެސްޓާ އޮބެސިޓީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް ދެވަނަ ހާފު ފެށިގެން ވަރަށް ކުރީ ކޮޅު ތާވަޅޭ އެފްސީން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު ތާވަޅޭ އެފްސީއަށް ކާމިޔާބު ކޮށްދިނީ އައިހަމް ( އަމްބެ) އެވެ. މިއީ އައިހަމް މި މުބާރާތުގައި ކާމިޔާބުކުރި 3 ވަނަ ގޯލެވެ.

ތާވަޅޭ އެފްސީން ނަތީޖާ ހަމަހަމަ ކުރިނަމަވެސް މި ނަތީޖާގައި މާ ގިނައިރު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. މެންޗެސްޓާ އޮބެސިޓީ އިން ވަނީ އިތުރު ގޯލެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނައްސަތް ( ކާނޫ) އެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި 5 ވަނަ ގޯލެވެ. މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީވެސް ނައްސަތު ( ކާނޫ)އެވެ.

މެންޗެސްޓާ އޮބޭސިޓީގެ ތިންވަނަ ގޯލު ޖަހާ ލީޑު ފުޅާކުރީ މެޗު ނިމެން ދަނިކޮށް އެންމެ ފަހު ވަގުތު ކޮޅުގައި ނާޝިދު (ނާއްޓޯ) އެވެ.

މި މޮޅާއި އެކު މެންޗެސްޓާ އޮބޭސިޓީއަށް މުބާރާތުގެ ފައިނަލް ގާތްގަނޑަކަށް ކަށަވަރުވީއެވެ. އެޓީމު ދެން ކުޅޭ ނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗެވެ. އެއީ އޭތި މީތި ޓީމާއި ދެކޮޅަށް ކުޅޭ މެޗެވެ.  މި މެޗު ކުޅޭނީ މާދަމާނޫން އަނެއްދުވަހު ހަވީރު އެވެ. މާދަމާ މި ޓީމުގެ މެޗެއް ނޯންނާނެއެވެ.

މެންޗެސްޓާ އޮބެސިޓީ އަތުން ބަލިވި ތާވަޅޭ އެފްސީ އަށް ފައިނަލަށް ދިއުމަށް ބުރަމަސައްކަތެއް ކުރަން ޖެހޭނެއެވެ. އެގޮތުން މާދަމާގެ ތަންޑާ އެފްސީ އާ ދެކޮޅަށް ކުޅޭ ޑާބީ މެޗުން މޮޅުވުން އެޓީމަށް ވަރަށް މުހިންމެވެ. އެމެޗުން ބަލިވެއްޖެ ނަމަ ފައިނަލަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖާޒީ ނަމްބަރ 2 ނާޝިދު (ނާއްޓޭ) އެވެ.

މާދަމާވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭތި މީތި އަދި ރެލީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ތާވަޅޭ އާއި ތަންޑާ އެފްސީ އެވެ.

މާދަމާގެ މެޗުތަށް ވެސް ފަށާނީ  ހަވީރު 16:15 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.