ރަމަޟާން މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ހަނދާންކޮށްދީފި

ރަމަޟާން މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

އެގޮތުން ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާއު ކިޔާއިރު ހަނދާން ކޮށްދޭ މުހިއްމު އެއް ކަމަކީ ފިތުރު ޒަކާތް ކަމަށާއި ފިތުރު ޒަކާތަކީ ތިމާއާއި ތިމާ ޚަރަދު ދީގެން ބެލެހެއްޓުން ވާޖިބުވެފައިވާ މީހުން، ޢީދު ދުވަހާއި ޢީދު ވިލޭރެއަށް ފުދޭވަރަށް ހުރެފައި އިތުރަށް ހުންނަ އެއްޗަކުން ކޮންމެ މުސްލިމް، މިނިވަނަކު ދިނުން ވާޖިބު ވެގެންވާ ޒަކާތެއްކަންވެސް ވަނީ ހަނދާންކޮށްދީފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފިތުރު ޒަކާތް ދިނުން ވާޖިބުވާ ފަރާތްތަކުން ޢީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ޚުތުބާގައި ވަނީ ވަޞިއްޔަތް ކުރައްވާފައެވެ.

މީގެ އިތުރުން ރަމަޟާންމަސް އަޅުގަނޑުމެންނާއި އަލްވަދާޢު ކީނަމަވެސް ހެޔޮ ޢަމަލުކުރުމުގައި ދެމި ތިބުމަށްވެސް ވަނީ ޚުޠުބާގައި ގޮވާލާފައެވެ.

”ރަމަޟާންމަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުން“ މި މަޢުޟޫއަށް މުޅީ ރާއްޖޭގައި އިއްވި ހުކުރު ޚުޠުބާގައި ވަނީ ބާއްޖަވެރި މި މައްސަރު ނިމިގެންދާއިރު މި ރަމަޟާން މަހުގެ ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލު ކުރަން ޖެހޭ ކަމަށްވެސް ބުނެފައެވެ.

ރަމަޟާން މަހުގައި އަޅުކަމަށް ބަހައްޓާ ފަރުވާތެރިކަން ކުރިއަށްއޮތް މަސްތަކުގައިވެސް ހަމައެގޮތުގައި ބޭއްވުމަށްވެސް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.