މާދަމާ އިން ފެށިގެން ދުންފަތުގެ ބާވަތްތައް ވަކިން ވިއްކުން މަނާ ވާނެ

31 މެއި 2019 ، މާދަމާއިން ފެށިގެން ދުންފަތުގެ ބާވަތްތައް ވަކިވަކިން ވިއްކުން މަނާކޮށްފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤަވާޢިދަށް މާދަމާ އަމަލު ކުރަަން ފަށާއިރު، މިއަދުވަނީ އެކަމާ ބެހޭގޮތުން ހެލްތް މިނިސްޓްރީގައި އެކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މާދަމާއިން ދެށިގެން ދުންފަތުގެ ބާވަތްތަށް ވަކިވަކިން ވިއްކުން މަނާވެގެން ދިއުމަކީ ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ނަތީޖާކަމަށެވެ.

ދުންފަތުގެ ބާވަތް ތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެގޮތުން މިއީ އެކަމަށް އެޅުނު ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރ އަމިން ވިދާޅުވިއެވެ.

އަދި ޖުލައި އެއްތިރީހުން ފެށިގެން ރާއްޖޭގައި އުފައްދާ ބަންދުކޮށް އަދި އެތެރެކުރާ ދުންފަތާއި ދުންފަތުގެ އުފެއްދުންތައް ވިއްކާއިރު އޭގައި ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ޖަހަންޖެހޭނެއެވެ.

މީގެއިތުރުން ނޮވެމްބަރ ތިރީހުން ފެށިގެން މި ޤަވާޢީދުގައި ލާޒިމްކުރާ ސިއްޙަތުގެ އިންޒާރުނެތި ދުންފަތް ހިމެނޭ ބާވަތްތަށް ވިއްކުމަކީ ވެސް މަނާކަމެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.