
ގިނަބަޔަކު ހީކުރިގޮތާއި ޚިލާފަށް 19 ވަނަ މަޖުލީހުގެ ރައީސް ކަމަށް މުޙައްމަދު ނަޝީދު
ނިގަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް 19 ވަނަ މަޖުލީހުގެ ރައީސްކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެ ނަންފުޅު ހުށައެޅުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ސާފު އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.
19 ވަނަ މަޖުލީހުގެ ރައީސްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހުށައެޅުމަށް އެމްޑީޕީން ފާސްކުރީ ދާދި ދެންމެއަކު އެކަމަށް ބޭއްވުނު އެ ޕާޓީގެ ޕާލިމަންޓް ގްރޫޕުގެ ބައްދަލުވުމުގަ 64 މެމްބަރުން ތާއީދުކޮށްގެންވެ.
ނަވާރަ ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ބޭފުޅެއްގެ އަރައިރުން ހޫނުވެ، ގައުމުގެ ޝައުގުވެރިކަން އެކަމަށް ހުއްޓިފައިވަނިކޮށް، މުޅި މަންޒަރު އެކީގައި ބަދަލުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަންފުޅު މަޖިލީހުގެ ރައީސް ކަމަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ދާދި ދެންމެއަކު ފާސްކުރިއިރު، ނައިބު ރައީސަކަށް ފާސްކޮށްފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ނަންފުޅެވެ.
މި ގޮތަށް ފާސްވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.
އީވާގެ ނަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އެ ނަންފުޅަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިތުރު ބޭފުޅެއްގެ ނަން ހުށަހަޅާފައެއް ނުވެއެވެ.
19 ވަނަ މަޖިލީހަށް ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.
އާ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 65 މެމްބަރުން ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީ އަށެވެ.



