އިއްޔެގެ ނިޔަލަށް މާލޭ ސިޓީން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގެންފި

އިއްޔެގެ ނިޔަލަށް މާލޭ ސިޓީން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގެންފިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި އިއްޔެގެ ނިޔަލަށް މާލެ ސިޓީން 2،397،888 ރުފިޔާ ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ، ރަތް ހަނޑުލުންނަމަ 75 ރުފިޔާއެވެ. އަދި ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ، އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާއެވެ.

މީގެ އިތުރުން އާޓާ ފުށުންނަމަ 60 ރުފިޔާ އަދި އާދައިގެ ފުށުންނަމަ 15 ރުފިޔާއެވެ.

އަތޮޅުތަކުގެ ރަށްތަކުގައި ޒަކާތުގެ ގޮތުގައި ދައްކާނީ ޢާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށްވާ އަގެވެ.

ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލް ޔުނިޓު އަދި ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުން ފިތުރު ޒަކާތް ބަލައިގަންނަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:15 އިން މެންދުރު 13:00އަށެވެ. މާލޭގައިވެސް ހަމަ އެގަޑިތަކުގައި އިސްލާމީ މަރުކަޒުގައެވެ.

ފައިސާގެ އިތުރުން ގޮވާމުގެ ބާވަތްތަކުންވެސް ފިޠުރު ޒަކާތް ބަލައިގަންނަން މިހާރުވަނީ ފަށާފައެވެ. އެގޮތުން ޢަރަބިއްޔާ ސްކޫލްގެ ހޯލުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ 9:30 ފެށިގެން 12:00 އަދި މެންދުރު 13:00 ފެށިގެން 14:30 އަށެވެ. އަދި ރޭގަނޑު 20:30 ފެށިގެން 22:30ގެ ނިޔަލަށެވެ.

ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތައް ބަހަން ފަށާނީ ރަމަޟާން މަހުގެ ފަހު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.