އިސްލާމިކް ޔުނިވަރސިޓީން ޖުލައި ސެމިސްޓަރގައި 55 ކޯހަކަށް ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މިއަހަރުގެ ޖުލައި ސެމިސްޓަރގައި 55 ކޯހަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ޔުނިވަރސިޓީން ބުނީ އެ ކޯސްތަކުގެ ތެރޭގައި ޕީ. އެޗް. ޑީ ލެވެލްގެ 2 ކޯހަކާއި މާސްޓަރސް ލެވެލްގެ 11 ކޯހަކާއި ޕޯސްޓްގްރެޖުއޭޓް 3 ކޯހަކާއި ބެޗްލަރސް ލެވެލްގެ 9 ކޯހަކާއި އެސޯސިއޭޓް ޑިގްރީގެ 1 ކޯހެއް އަދި ޑިޕްލޮމާގެ 9 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލްގެ 20 ކޯހެއް ހިމެނޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ފައިނޭންސް، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ލޯކަލް ގަވަރނަންސް އެންޑް އިމާމްޝިޕް، ޖަރނަލިޒަމް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނޭ ކަމަށްވެސް ބުންޏެވެ.

2019 ވަނަ އަހަރުގެ ޖުލައި ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް ފުވައްމުލަކު ސިޓީއާއި ލ. ފޮނަދޫގައި ޤާއިމު ކުރެވިފައިވާ އައި.ޔޫ.އެމްގެ ލަރނިންގ ސެންޓަރުގައިވެސް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް ސަތޭކަ އިންސަތަ ޓިއުޝަންފީ ހިލޭ ކޯސްތައްކަމަށްވެސް އިސްލާމިކް ޔުނިވަރިސިޓީން ބުނެއެވެ.

އެ ޔުނިވަރސިޓީން އިތުރަށް ބުނީ މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 20 ޖޫން 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހަމަމިއާއެކު 2019  ވަނަ އަހަރުގެ ޖުލައި މަހުގައި އެ ޔުނިވަރސިޓީން ލ. ފޮނަދޫ އާއި ފުވައްމުލަކު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 26 މެއި ވާ އާދީއްތަ ދުވަހުން ފެށިގެން 20 ޖޫން ވަނަ ދުވަހުގެ 13:00 ގެ ކުރިން އައި.ޔޫ.އެމް. ލާރނިންގ ސެންޓަރަށް (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) އަދި އައި.ޔޫ.އެމް. ލަރނިންގ ސެންޓަރަށް (ފުވައްމުލަކު ސިޓީ – ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ހުށަހެޅުއްވުމަށްވެސް އެ ޔުނިވަރސިޓީން އެދެއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި އައި.ޔޫ.އެމް ލަރނިންގ ސެންޓަރ ލ.ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)  އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީޢިމާރާތް) އަދި ޔުނިވަރސިޓީގެ ވެބްސައިޓުން  www.ium.edu.mv ޑައުންލޯޑް ކުރެވޭނެއެވެ.

މި ކޯސްތަކާއިބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށާއި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) އަދި  އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލަކު ސިޓީ – ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ކަމަށްވެސް އިސްލާމިކް ޔުނިވަރސިޓީން ބުންޏެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.