ޖަލުގައި ތިބި އެންމެންވެސް އިސްލާހުވާން ބޭނުން، އެ ފުރުޞަތު ދޭންޖެހޭ: މައުމޫން

ޖަލުގައި ތިބި އެންމެންވެސް އިސްލާހުވާން ބޭނުންވާ ކަމަށާއި އެ ފުރުޞަތު ދޭންޖެހޭކަމަށް ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ހުޅުވާލާފައިވާ ފުރުޞަތުގައި ފޮތް ހަދިޔާކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މައުމޫން ވިދާޅުވީ ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި ފޮތް ހަދިޔާކުރުމަށް މިފަދަ ފުރުޞަތެއް ލިބުމުން އުފާ ކުރައްވާ ކަމަށެވެ.

ޖަލުގައި ކުށް ކުރާ މީހުންނާއި ކުށް ނުކުރާ މީހުން އެބަތިބި ކަމަށާއި އެކަން އެމަނިކުފާނަށް އެނގިވަޑައިގަތީ އެމަނިކުފާނުވެސް ޖަލުގައި އޮތީމާކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އަދި އެ އެންމެން އިސްލާހުވާން ބޭނުންވާ ކަމަށާއި އެނބުރި މުޖުތަމައުއަށް އަންނަންވެސް ބޭނުންވާ ކަމަށެވެ.

“ މިކަމަށް މަގުފަހި ކުރުމުގެ ގޮތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި އަމިއްލަ ފަރުދުންވެސް ކުރަން ޖެހޭނެ“ މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު މެއި 22 ވަނަ ދުވަހު ހުޅުވާލާފައިވާ އިރު، މި ޕްރޮގްރާމް ނިމޭނީ މިއަދުއެވެ.

މި ފުރުޞަތަކީ ފޮތް ކިޔުމުގެ ޝައުގުވެރިކަން ޖަލުގައި އުފައްދައި، ޢާންމު މަޢުލޫމާތާއި ހުނަރާއި ގާބިލުކަން އިތުރުކޮށް ދޭ މައުލޫމާތު ހުންނަ ފޮތްތައް ކިޔުމުގެ ފުރުޞަތު ހޯދައިދީގެން ކުށުގެ ވެށިން ގިނަ ރައްޔިތުންތަކެއް ދުރުހެލި ކުރެވިދާނެ ކަމަކަށްވާތީ ފެށި ޕްރޮގްރާމެއްކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފޮތް ކިޔުމަކީ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލު ގެނެސްދޭ ކަމަކަށްވެފައި، ފޮތް ކިޔުމުގެ ތެރެއިން އަޚްލާގަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.