
ކ.ވާދޫ ރިސޯޓް ކައިރިއަށް މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ
ކ.ވާދޫ ރިސޯޓް ކައިރިއަށް މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
ވާދޫ ރިސޯޓް ކައިރިއަށް އަޑިއަށް ގޮސްފައި ވަނީ ”ރަންދި“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެދޯނި އަޑިއަށް ދިޔަކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުމާއެކު މިހާރު ކޯސްޓްގާޑް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.



