185 ކުދިންނާއެކު ވިލިމާލޭ ޕޮލިސް ޤުރްއާން މުބާރާތް ފަށައިފި

185 ކުދިންނާއެކު ވިލިމާލޭ ޕޮލިސް ޤުރްއާން މުބާރާތް ފަށައިފިއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މިމުބާރާތް ފެށުމަށް ވިލިމާލެ މުހިއްޔުއްދީން ސްކޫލްގައި އިއްޔެބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒު ޖަމާލް އަބޫބަކުރެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮފި ހިމެނެއެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަނުން މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ތުއްތު ކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުމާއި ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެކެވެ.

އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ ފަރާތުން ސްޕޮންސަރކޮށްފައިވާ މި މުބާރާތް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.