ޝަރުތުތަކާއެކު އެމްޓީސީސީ ބަސް ޑްރައިވަރު ދޫކޮށްލައިފި

މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި ދުއްވި ބަހެއްގެ ދަށުވެ ޔޫކްރެއިންގެ އަންހެން ފަތުރުވެރިއަކު މަރުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބަސް ޑްރައިވަރު ބަންދުން ދޫކޮށްލައިފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޑްރައިވަރު ޝަރުތުތަކަކާ އެކު ދޫކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ބަންދު މުއްދަތު އަޑުއެހުމުގައިކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އެ ޝަރުތުތަކަކީ ކޮބައިކަން ސާފުވާގޮތް ވަނީ ނުވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މެއި މަހުގެ 6 ވަނަ ދުވަހު އެ ހާދިޘާ ހިނގީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެން ބަސް ކޮންޓްރޯލުން ނެއްޓިގެންކަމަށް ލަފާކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ބަސް ދުއްވި ޑްރައިވަރު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ ފުރަތަމަ ފަހަރު ތިން ދުވަހަށް އަދި ދެވަނަ ފަހަރު ހަތް ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު ޖަހައިދިނެވެ.

ޢުމުރުން 31 އަހަރުގެ ޔޫކްރެއިން ފަތުރުވެރިޔާ ރާއްޖެއައީ އޭނާގެ ލޯބިވެރިޔާއާއެކު ޗުއްޓީ ހޭދަކުރުމަށެވެ.

އޭނާގެ ޢާއިލާއިން މާލެ އައުމުން ހަށިގަނޑު ވަނީ ޙަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.