
ސިންގަޕޫރުގެ ސަފީރަކަށް ހަމްދޫން އަދި ތައިލެންޑުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ފާތުމަތު އިނާޔާ ހަމަޖައްސަވަނީ…
ރާއްޖެ ފަރާތުން ސިންގަޕޫރަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދު ހަމަޖެއްސުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ހުށައަޅައިފިއެވެ.
މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ޕްލޭނިން މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ހަމްދޫން އަބްދުﷲ ހަމީދުގެ ނަން މާދަމާ އޮންނައިރު ރައްޔިތުން މަޖިލީހުގައި އެޖެންޑާކޮށްފައިވާ މަސައްކަތުގެ ތެރޭގައި މި މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވުން އޮންނާނެއެވެ.

ސިންގަޕޫރުގެ ސަފީރަކަށް އައްޔަން ކުރުމަށް ހަމްދޫނަށް ރުހުން ހޯދުމަށް މާދަމާ އޮންނަ މަޖިލީހުގައި އެޖެންޑާ ކޮށްފައިވާއިރު ތައިލެންޑުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ފާތުމަތު އިނާޔާ، އައްޔަން ކުރެއްވުމަށްވެސް މާދަމާގެ މަޖިލީހުގައި ވަނީ އެޖެންޑާކޮށްފައެވެ.



