”ގްރީން ކްލައިމެޓް ފަންޑް“ (ޖީ.ސީ.އެފް) އަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި

”ގްރީން ކްލައިމެޓް ފަންޑް“ (ޖީ.ސީ.އެފް) އަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަރަންމަންޓާއި އިންޓަރނޭޝަނަލް ރިނުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާއި ޖަޕާނުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ކުދި ޖަޒީރާ ޤައުމުތަކުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޖީސީއެފަށް ހުށަހަޅާ ކޮންސެޕްޓް ނޯޓްތަށް ތަރައްޤީކުރުމާއި އަމިއްލަ ވިޔަފާރިތަކުން މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ބާރުއެޅުމާއި އަދި މިފަދަ މަސައްކަތްތަކުން ލޯ ކާބަން ތަރައްޤީއަށް އެހީތެރިވެދިނުމެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން 12 ޤައުމަކުން 22 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 28 އިން 30 އަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.