ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ 10 ވަނަ ބުރުގައި ބައިވެރިވި 18 ދަރިވަރުން ދަސްވެނިވެއްޖެ

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި 18 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ދިރާގުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި މިކުދިންގެ ދަސްވެނިވުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި މިއަދު ވަނީ ޚާއްޞަ ޙަފުލާއެއް ބާއްވާފައެވެ.

އިޝްތިހާރު full width ad 1200 x 150

މި ޙަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރާއްޖެ ތަރައްޤީކޮށް ކުރި އެރުވުމުގައި ދިރާގުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

”އެގޮތުން ޓޫރިޒަމް، މަސްވެރިކަން، ދަނޑުވެރިކަން، ކޮންސްޓްރަކްޝަން ވެސް ޓެލެކޮމިއުނިކޭޝަން ދާއިރާ އަށް ބަރޯސާވޭ‘ މިނިސްޓަރ މަލީހް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ޙަފުލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ އޯލެވެލް އާއި އޭލެވެލް ހަދާ ކުދިން މަސައްކަތުގެ މާހައުލަށާއި ދާއިރާއަށް ތަމްރީނުކުރުުން ކަމަށެވެ. އަދި ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވި ޒުވާނުންގެ ތެރެއިން 75 އިންސައްތަ ޒުވާނުން މިހާރު މަސައްކަތް ކުރަނީ ބޮޑެތި ކުންފުނިތަކުގައި ކަމަށެވެ.

”ބާކީ 25 އިންސައްތަ ޒުވާނުން މަސައްކަތް ކުރަނީ އަމިއްލަ ކުންފުނިތަކުގަ. ނޫނީ މަތީ ތަައުލީމް ހާސިލް ކުރުމަށް“ އިސްމާޢިލް ރަޝިދު ވިދާޅުވިއެވެ.

ދަސްވެނިވި ދަރިވަރުންގެ ތެރޭގައި މާކެޓިންގ، ސޭލްސް، ފައިނޭންސް، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، އިންޖިނިއަރިންގ އަދި ނެޓްވޯކްސް ފަދަ ދާއިރާތައް ހިމެނެއެވެ.

ކުރިޔަށް އޮތް އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮޮގްރާމަށް ދިރާގުން ވަނީ 29 ކުދިން ހޮވާފައެވެ. އެކުދިން ހޮވާފައިވަނީ މިދިޔަ މަހުއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.