އެމްޕީ ކަޕްގެ ފުރަތަމަ މެޗު ހިރިލަންދޫއިން ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު، އެދާއިރާގެ ރަށްތަކަށް ބާއްވާ ’އެމްޕީ ކަޕް‘ ގެ ފުރަތަމަ މެޗު ހިރިލަންދޫއިން ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.
ވަންދޫގައި މިއަދު ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހިރިލަންދޫ އާއި އޮމަދޫ އާވާދަކޮށް 3 ލަނޑު 2 ލަނޑުންނެވެ.
މި މެޗުގައި ހިރިލަންދޫގެ ލަނޑުތައް ޖަހާފައިވަނީ މޫސާ ފަޔާޒް އާއި ރިފްޝާއެވެ. މީގެ ތެރެއިން މޫސާ ފަޔާޒް ވަނީ ދެ ލަނޑު ޖަހާފައެވެ. އޮމަދޫގެ ލަނޑުތައް ޖަހާފައިވަނީ އަޙްމަދު އާސިފް އަދި އިބްރާހިމް ޒުހުރީއެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދީ ހިރިލަންދޫއަށް 2 ގޯލު ކާމިޔާބުކޮށްދިން ޖާރޒީ ނަމްބަރ 7 މޫސަ ފަޔާޒްއެވެ.
މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ކިނބިދޫ އާއި އޮމަދޫއެވެ.
މިއަދުގެ މެޗުގައި ޚާއްޞަ މެހްްމާނެއްގެ ގޮތުން ޑރ. އަޙްމަދު ރިޔާޒު ބައިވެރިވެވަޑައިގެންނެވިި އިރު، މުނިފޫހި ފިލުވުމުގެ ގިނަޙަރަކާތްތަކެއް ވަނީ ބާއްވާފައެވެ.
އެމްޕީ ކަޕަކީ ޢަބްދުﷲ ރިޔާޒް މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލައްވާ ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. އެގޮތުން އެދާއިރާގެ 5 ރަށުގެ ތެރެއިން ކޮންމެ އަހަރަކުވެސް މި މުބާރާތް ބާއްވަމުން އައިސް މިއީ އެގޮތުން ބާއްވާ އެންމެ ފަހު މުބާރާތެވެ.
މި މުބާރާތުގެ ތާރީޚަށް ބަލާލާ އިރު، ފުރަތަމަ މުބާރާތް ބާއްވާފައިވަނީ ކިނބިދޫގައެވެ. އަދި އެމުބާރާތް ކާމިޔާބުކޮށްފައިވަނީވެސް އެރަށުންނެވެ. ދެވަނަ މުބާރާތް ހިރިލަންދޫގައި ބޭއްވި އިރު، އެ މުބާރާތް ކާމިޔާބުކުރީ ހިރިލަންދޫއިންނެވެ. އަދި ތިންވަނަ މުބާރާތްވެސް ހިރިލަންދޫގައި ބޭއްވި އިރު، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަންދޫއެެވެ.
އެމްޕީ ކަޕްގެ ވަންދޫގައި ބާއްވާފައިވާ އިރު، ޗެމްޕިއަންއަކީ ކިނބިދޫއެވެ. އެެހެންކަމުން މިއަހަރުގެ މުބާރާތް ހިރިލަންދޫ އަދި ކިނބިދޫ ކާމިޔާބުކޮށްގެން އެމްޕީ ކަޕްގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ހޯދުމުގެ ފުރުޞަތު އެބައޮތެވެ.