އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުޙަލާއެއްގައިވެސް ލިބެންޖެހޭ: ޖެންޑަރ މިނިސްޓަރ

އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުޙަލާއެއްގައިވެސް ލިބެން ޖެހޭ ކަމަށާއި މި ފަދަ ޙައްސާސީ މައްސަލަތަކުގައި ކަމާ ބެހޭ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ނޮވެންބަރު 25ން ޑިސެންބަރު 10ށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ”16 ޑޭސް އޮފް އެކްޓިވިޒަމް“ގެ ހަރަކާތްތައް އިފްތިތާހުކުރުމުގެ ގޮތުން މިއަދު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

އިޝްތިހާރު full width ad 1200 x 150

އެ ކަމަނާ ވިދާޅުވީ އަނިޔާ ލިބޭ ފަރާތްތަކަށް ޢާއިލާގެ ތެރެއިންނާއި ރައްޓެހިންގެ ފަރާތުންނާއި މުޅި މުޖުތަމަޢުގެ ތެރެއިން އެހީތެރިކަން ލިބެން ޖެހޭ ކަމަށެވެ. އަދި މި އަހަރުގެ އދ.ގެ ޝިޢާރުކަމުގައިވާ ”ހިއަރމީޓޫ: އެންޑް ވަޔަލަންސް އަގެއިންސްޓް ވިމެން އެންޑް ގަރލްސް“ ބޭނުމަކީވެސް އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި އެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މި ބާވަތުގެ އަނިޔާ ހުއްޓުވުމަށް ބާރުއަޅާ ކަމާއިގުޅޭ ސިޔާސަތުތައް ތަންފީޛުކުރާ ފަރާތްތަކުގެ މެދުގައި ޑައިލޮގެއް އުފެއްދުން ކަމަށެވެ.

އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި މި އަހަރުގެ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކަށް އެކަނި ބަލައިލިކަމުގައި ވިޔަސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 29 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށެވެ.

މީގެ ތެރެއިން 25 މައްސަލައަކީ އަންހެނުންނާ ގުޅުން ހުރި މައްސަލަތައް ކަމަށާއި އެހެންކަމުން އަންހެނުންނަށް ކުރާ އަނިޔާއަކީ މިމުޖުތަމަޢުގައި ނުހިނގާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ޤަބޫލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައިވެސް އެ ކަމަނާ ވިދާޅުވިއެވެ.

މިއަހަރުގެ ”16 ޑޭސް އޮފް އެކްޓިވިޒަމް“ ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގުމާއި ވިލިމާލޭގެ ޒުވާނުންނަށް އަމާޒު ކޮށްގެން އަންހެނުންނާއި އަންހެން ކުދިންނަށް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި މި ކެމްޕޭން ނިންމާ ދުވަހުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.