ޖިނާއީ އިޖުރާއާތާއިބެހޭ ޤަޟާއީ ސެމިނާރ ފަށައިފި

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރުގެ ނަމުގައި ސެމިނާރއެއް ފަށައިފިއެވެ.

މި ސެމިނަރ އަކީ ހއ. ، ހދ. ، ށ. އަދި ނ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުންނާއި މި ހަތަރު އަތޮޅުގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެމިނާރއެކެވެ.

އިޝްތިހާރު full width ad 1200 x 150

މި ސެމިނާރުގެ މަޤުސަދަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ލީގަލް މުވައްޒަފުންނާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުންނަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއިބެހޭ މަޢުލޫމާތު ހިއްޞާކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގައި އިޖުރާއީގޮތުން ދިމާވާ ދަތިތަކާއި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު ކުރިއަށްދާނީ  2018 ނޮވެންބަރު 24 އިން ނޮވެންބަރު 28 ގެ ނިޔަލަށެވެ. މި ސެމިނާރުގެ ސެޝަންތައް ކުރިއަށްދަނީ ހދ. ކުޅުދުއްފުށީ ނޮދަރން އޮފީސް ކޮމްޕްލެކްސްގެ ސެމިނާރ ރޫމްގައެވެ. މި ސެމިނާރުގައި ހއ. ، ހދ. ، ށ. އަދި ނ. އަތޮޅުގެ ކަމާބެހޭ ދާއިރާތަކުން 36 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ސެމިނާރގެ ސެޝަންތައް ނަންގަވައިދެއްވާނީ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު، ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު އަދި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އެވެ.

މި ހަތަރު އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުންނާއި މި ހަތަރު އަތޮޅުގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޤާނޫނުލް ޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނާރއެއް 18 ނޮވެންބަރުން 22 ނޮވެންބަރު 2018 އަށް ހދ. ކުޅުދުއްފުށީގައި ވަނީ ކުރިއަށް ގެންދެވިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.