މއ. ސެމީ ޑީލްގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލް ނުކުރެވޭ

މއ. ސެމީ ޑީލްގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލް ނުކުރެވޭކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ޗާންދަނީ މަގުގައި ހުންނަ މި ގެއަކީ 10 ބުރީގެ ޢިމާރާތެއް ކަމަށާއި އަލިފާން ރޯވެފައިވަނީ 4 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި ހާދިޘާގެ ރިޕޯޓު ލިބިފައިވަނީ މއިަދު ހަވީރު 17:35ގައި ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

މީގެ އިތުރުން މި ފަންގިފިލާއަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ޓީމުން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ޢިމާރާތުގެ 3 ވަނަ ފަންގިފިލާއަށްވެސް އަލިފާނުގެ އަސަރު މިހާރުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ ގުދަނުގައި ހުރީ އައިސް އަލަމާރި އާއި އިލެކްޓްރޯނިކްސް ސާމާނާއި ބަދިގެ ސާމާނު ކަމަށާއި ގުދަނުގައި ދުން ބޯވެފައިވާތީ ދުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ގުދަނުގައި ހުރި ސާމާނުގެ ސަބަބުން އެ އެއްޗެހި ގޮވާ އަޑު އިވެމުންދާ ކަމަށެވެ.

އަލިފާން ނިއްވުމުގައި އުޅުނު ސިފައިންގެ 3 މީހަކަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެތަނުން އެކަކަށް ފަރުވާ ދިނުމަށްފަހު މިހާރުދޫކޮށްލާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.