ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ޞިއްޙީ މައްސަލައެއް..

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ޞިއްޙީ މައްސަލައެކެވެ.

ހަކުރުބަލިހުރިކަމަށް  ބެލެވެނީ މީހެއްގެ ލޭގައި ހަކުރުހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ، އެއީ ” ޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް އެވެ.

އިޝްތިހާރު Below Header ad

ޓައިޕް 1 ޑައިބެޓީސް  އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ  ހަށިގަނޑުގައި އިންސިއުލިން އުފެއްދިނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

މީގެ އިތުރުންވެސް ޢާއިލާގައި ހަކުރުބަލީގެ މީހުންތިބުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެއެވެ. އިންޓަރނޭޝަނަލް ޑައިބެޓީކް ފެޑަރޭޝަން ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 425 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަޙައްމަލު ކުރަމުންދަނީ “ޓައިޕް 2 ޑައިބެޓީސް” އެވެ. ހަކުރުބަލީގެ ބައެއް ޢަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާންޖެހުން، ކަރުހިއްކާ ފެންބޮވުން، އާދަޔާޚިލާފަށް ބަޑުހައިވުން، ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެވެ.

TfG Boduhaaf 1
Photo: Saai

އެހެންކަމުން ކަސްރަތު ކުރުމާއި ޞިއްޙަތަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ މާޙައުލެއް ޤާއިމު ކުރުމަކީ ހަކުރުބަލީން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅު ތަކެކެވެ. މިކަން ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިޔަށް ގެންނަ ޖެހޭ ބަދަލުތަކެއް ކަމުން ހަކުރުބަލީގެ ހިރާސްތައް ކުޑަކުރުމަށް ޢާއިލާތަކުން މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ.

ކޮންމެ އަހަރެއްގެވެސް 14 ނޮވެންބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް ޢާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންއިން (އައި.ޑީ.އެފް) އިން އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ” ހަކުރުބައްޔާއި ޢާއިލާ” “The family and diabetes” އެވެ.

ޓެގްލައިއެއްގެ ގޮތުން “Diabetes concerns every family”  ބޭނުންކުރުމަށް އައ.ޑީ.އެފް އިން އިލްތިމާސް ކުރެއެވެ. މި ޝިޢާރު އަދި މިޓެގްލައިނަކީ 2018 އަދި 2019 ގައިވެސް ބޭނުންކުރުމަށް ޢާންމުކޮށްފައިވާ ޝިޢާރާއި ޓެގްލައިނެވެ.

Hakurubali 1

މީގެ މަޤުޞަދަކީ ހަކުރުބަލީގެ ސަބަބުން ޢާއިލާތަކަށް ދިމާވެދާނެ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމާއެކު ހަކުރުބަލިން ރައްކާތެރި ވެވެނޭ ގޮތްތަކާއި ހަކުރުބަލި ޖެހުމުން އެބައްޔަށް ފަރުވާ ކުރާނެ ގޮތްތަކަށް އާއިލާތަކުގެ ދައުރު ފުޅާ ކުރުމެވެ.

ނޯޓް: މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެގޮތުން ނެރެފައިވާ ރިޕޯޓެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.