ޓީއެފްޖީ ބޮޑުހާފުގައި ބައިވެރިވުމަށް އިތުރު ފުރުޞަތެއް..

ޓީއެފްޖީ ބޮޑުހާފުގައި ބައިވެރިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށް ނިންމާ އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބުނީ މިފަހަރު ދީފައިވަނީ ވަރަށް މަދު ފުރުޞަތެއް ކަމަށާއި މިގޮތަށް ނިންމީ ވީހާވެސް ގިނަ މީހުންނަށް ބައިވެރިވުމަށް ފުރުޞަތު ދިނުމަށް ކަމަށެވެ. އަދި www.gotorace.com/event/bodu-haaf މެދުވެރިކޮށާއި ޓީއެފްޖީއަށް ގޮސްގެންވެސް ރެޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

މުޅިން އަލަށް މިއަހަރު ބާއްވާ މި ދުވުމަކީ ބޮޑުތަކުރުފާނުގެ ހަނދާނުގައި ބާއްވާ ދުވުމަކަށްވާ އިރު، ރާއްޖޭގައި ބާއްވާ އެހެން ދުވުންތަކާއި މި ދުވުން ތަފާތުވާނެ ކަމަށް ޓީއެފްޖީ އިން ބުންޏެވެ.

މި މަހުގެ 10 ވާ ހޮނިހިދު ދުވަހު ހެނދުނު ހުޅުމާލޭގައި ބާއްވާ ބޮޑުހާފަކީ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި 21 ކިލޯމީޓަރުގެ ދުވުން ހިމަނާފައިވާ ދުވުމުކެވެ. އަދި ދުވުމުގެ ޓައިޓްލް ލިބޭނީ މި ހުރިހާ ކެޓަގަރީއެއް ފުރިހަމަ ކުރުމުން ކަމަށްވެސް ޓީއެފްޖީ އިން ބުންޏެވެ.

ޓީއެފްޖީ އިން އިތުރަށް ބުނީ މިގޮތަށް އޮތްނަމަވެސް އެމީހަކު ބޭނުން ކެޓަގަރީއެއްގައި ދުވެވިދާނެ ކަމަށެވެ. އަދި ކޮންމެ ކެޓަގަރީއެއް ނިންމުމުންވެސް މެޑެލް ލިބޭނެ ކަމަށެވެ.

ބޮޑުހާފުގައި 5 ކިލޯމީޓަރ ދުވުން ފަށާނީ ފަތިހު 05:30ގައެވެ. މި ކެޓަގަރީގެ ދުވުން 45 މިނެޓުގެ ތެރޭގައި ނިންމަން ޖެހޭ އިރު، 10 ކިލޯމީޓަރ ދުވުން ފަށާނީ 06:30 ގައެެވެ. މި ކެޓަގަރީގެ ދުވުން ނިންމަން 1 ގަޑި 30 މިނެޓު ނިންމަން ލިބޭ އިރު، 21 ކިލޯމީޓަރގެ ދުވުން 08:30 ގައި ނިންމާފައިވާ އިރު، މިދުވުން ފުރިހަމަ ކުރުމަށް ތިންގަޑި އިރު ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.