މުދާ އުފުލާ ދޯންޏަކާއި ތެޔޮ ބާޖެއް ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިފި

މުދާ އުފުލާ ދޯންޏަކާއި ތެޔޮ ބާޖެއް ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމްއެންޑިއެފް އިން ބުނީ ބ. މާމަޑުއްވަރީން ފުރައިގެން މާލެ ދަތުރުކުރި ”ރަމްކޮ“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކާއި ”ހޯކް“ ނަމަކަށް ކިޔާ ތެޔޮ ބާޖެއް ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

ސަމަރ އައިލެންޑް މޯލްޑިވްސް ރިސޯރޓް ކައިރިން ހިނގި މިހާދިޘާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށް (އެމްއާރުސީސީ) ލިބިފައިވަނީ ރޭ ފަތިހު 4:45 ހާއިރު ކަމަށާއި ރިޕޯރޓް ލިބުމާއި އެކު މި ސަރަހައްދަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ޓީމެއް ގޮސް ހަރަކާތްތެރިވާންފަށާފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

23 މީޓަރުގެ ދިގުމިން ހުރި މި ދޯނި ތެޔޮ ބާޖުގައި ޖެހުމުގެ ސަބަބުން ދޯނީގެ ކޮޅު މައްޔާ ފަޅައިގެންގޮސް ދޯނީގެ ބޮޑުބައެއް އަޑިއަށް ގޮސްފައިވާ ކަމަށާއި މި އެކްސިޑެންޓް ހިނގިއިރު މި ދޯނީގައި 3 ދިވެހިންނާއި ބިދޭސީއަކު ތިބި ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި މިމީހުން ތެޔޮ ބާޖަށް ނަގާފައިވާ ކަމަށާއި މި ހާދިޘާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިހާދިޘާ ހިނގަން މެދުވެރިވި ސަބަބު ތަޙްޤީޤުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް މިހާރު ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.