ޑީއެމްއާރްއާރް އެޕް ޑައުންލޯޑް ކޮށްފިންތަ؟ އަވަސްކުރޭ!
ރާއްޖޭގައި ބާއްވާ އެންމެ ގިނަ މީހުން ބައިވެރިވާ ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފެށެން ކުޑަތަންވަމުން އަންނަނީއެވެ.
2016 ވަނަ އަހަރުން ފެށިގެން މި ރޭހަށް ޚާއްޞަކޮށް އެޕެއް ތަޢާރަފްކޮށްފައިވާ އިރު، މިއަހަރުގެ ރޭސް ފެށުން މަދު ދުަވސްކޮޅަކަށް މިވަނީ ވެފައެވެ. މިއެޕް ޑައުންލޯޑް ކުރެއްވީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟
މި އެޕް ޑައުންލޯޑު ކުރަންޖެހެނީ އޭގައި އެތައް ސަބަބުތަކެއް ހުރުމުންނެވެ. މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ވަގުތުން ގެނެސްދޭތީއެވެ. އެހެންކަމުން މި އެޕަކީ ދުވުންތެރިންނާއި ދުވުންތެރިންގެ ޢާއިލާ އަދި ރަހުމަތްތެރިން ކޮންމެހެންވެސް ޑައުންލޯޑް ކޮށްލަންޖެހޭ އެޕެއްކަމުގައި ދެކެމެވެ.
އެޕްގެ ފީޗާރސްތަކަށް ބަލާލާ އިރު، ލައިވް ޓްރެކިންގ ހިމެނެއެވެ.
މިއެޕްގެ އެންމެ ފާޖަގަ ކޮށްލެވޭ ފީޗާރއަކީ ރިއަލް ޓައިމް ޓްރެކިންގ އެވެ. މީގެ ސަބަބުން ދުވުންތެރިއާއަށް އޭނާ ދުވަމުންދާއިރުވެސް އެޕް މެދުވެރިކޮށް، އޭނާ ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލައިލެވޭއެވެ. އަދި ޢާއިލާ މެމްބަރުންނާއި ގާތް މީހުންނަށްވެސް އޭނާގެ ސްޓޭޓަސް އެޕުން ވަގުތުން ބަލައިލެވޭނެއެވެ. މިއީ ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤާއިމްކޮށްފައިވާ ފީޗަރއެކެވެ. ލައިވް ޓްރެކިންގއަކީ ބައިނަލްއަޤްވާމީ ދުވުންތަކުގައިވެސް ދުވުންތެރިންގެ ތެރޭގައި މަޤުބޫލު ފީޗަރއެކެވެ.
ބިބް ނަންބަރ ނުވަތަ ނަން ޖަހާލައިގެން ސާރޗް ކުރެވޭ އިރު، ފޭސް ބުކް އަދި ޓުވިޓަރ އެކައުންޓާވެސް އެޕް ގުޅުވާލަދެއެވެ. އެގޮތުން ރޭސް އޮންނަ ދުވަހު ފޭސް ބުކް އަދި ޓުވިޓަރ އެކައުންޓާއި އެޕް ގުޅުވާލައި ޢާއިލާ އަދި ރައްޓެހިންނަށް ދުވާ ރާސްތާ ޓްރެކްކޮލެވޭނެއެވެ. އަދި ދުވެ ނިމުމުން ފޭސްބުކް އަދި ޓުވިޓަރގައި ޝެއަރ ކުރެވޭނެއެވެ.
ކޮންމެ ދުވުންތެރިއަކުވެސް ރޭސް ނިންމުމާ އެކު، އެތަނުގައި ހަރުކޮށްފައިވާ އޮޓޮމެޓިކް ކެމެރާ ސިސްޓަމުން ފޮޓޯ ނެގި އެ ފޮޓޯ ވަގުތުން އެޕުން ފެންނަން ހުންނާނެއެވެ. އަދި މި އެޕް މެދުވެރިކޮށް ރޭހުގެ ކައުންޓްޑައުން އާއި ރޭހުގެ ރޫޓް މެޕާއި ތައްޔާރުވާންވީ ގޮތުގެ ޓިޕްސް އަދި މޫސުމާ ބެހޭ މަޢުލޫމާތުވެސް ލިބެން ހުންނާނެއެވެ.
ދިރާގުން އަންނަނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާ ތަޖުރިބާތަކެއް ކުރެވޭނެ މަގުތައް ކަސްޓަމަރުންނަށް ފަހިކޮށްދެމުންނެވެ. އެގޮތުން މި އެޕަކީވެސް އޭގެ އަގުހުރި މިސާލެކެވެ. ސަބަބަކީ ރާއްޖޭގައި ބާއްވާ އެހެން އެއްވެސް ދުވުމެއްގައި ނުފެންނަ ފަދަ ޑިޖިޓަލް ޓެކްނޮލޮޖީތައް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ފެނިގެންދާތީއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.