އޭޑީކޭ އިން ބާއްވާ ދެވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އަންނަ މަހު ބާއްވަނީ..

ސިކުނޑި އާއި މައިބަދައިގެ މައްސަލަތަކަށްދޭ ފަރުވާ އާބެހޭގޮތުން އޭޑީކޭ އިން ބާއްވާ ކޮންފަރެންސް އަންނަ މަހު ބާއްވަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭގެ ދެވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސާއި ބެހޭގޮތުން އެ ހޮސްޕިޓަލުން ބުނީ ނޮވެމްބަރު މަހުގެ6 އަދި 7 ގައި ޕެރަޑައިސް އައިލޭންޑް ރިސޯޓުގައި ބާއްވާ މި ކޮންފަރެންސަކީ ސިކުނޑި އާއި މައިބަދައިގެ މައްސަލަތަކަށް ދެވޭ ފަރުވާއާ ބެހޭގޮތުން އެކަމަށް ޚާއްޞަ ޑޮކްޓަރުންނާއި ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކޮށް މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ. 

އިޝްތިހާރު Below Header ad

މީގެ އިތުރުން އޭޑީކޭ އިން ބުނީ ސިކުޑި އާއި މައިބަދައިގެ ބަލިތަކާއި އެ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ދިރާސާތަކާއި އެ ދާއިރާގައި ބޭސްފަރުވާ ދިނުމަށް ހޯދިފައިވާ އެންމެ ފަހުގެ އީޖާދުތަކާ ހޯދުންތަކާއި ބެހޭގޮތުން މި ކޮންފަރެންސްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އުފެއްދުންތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

މިއަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.