ހޭންޑު ފުޓު މައުތު ބަލި ފެތުރެނީ، ސަމާލުވޭ!

ހޭންޑް ފުޓް މައުތް ބަލި މިދުވަސްކޮޅު އިތުރުވަމުންދާތީ މި ބައްޔަށް ސަމާލުވުމަށް އައިޖީއެމްއެޗްގެ ސީނިއާރ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

ޑރ އަހުމަދު ފައިސަލް އޭނާގެ ފޭސްބުކްގައި ލިޔުއްވާ އާންމުކޮށްފައިވާ ސްޓޭޓަސްގައި ވަނީ މިދުވަސްކޮޅު ހޭންޑް ފުޓް މައުތް ތަންކޮޅެއް ގިނަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ހުރިހާ ކުދިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ވާނެކަމަށެވެ. އަދި މިގޮތުގެ މަތިން މި ބަލިން ސަލާމަތްވެ ތިބުމަށް ރަނގަޅަށް އަތް ދޮންނަށް ކުދިން އާދަކުރެއްވުމަށްވެސް ފައިސަލް ވަނީ ނަސޭހަތްތެރިވެފައެވެ.

އިޝްތިހާރު Below Header ad

ފައިސަލް ވިދާޅުވީ މި ބަލި ޖެހުމުން ހަފްތާއެއް ވަންދެން ކުއްޖާ ސްކޫލ؛ަށް  ނުފޮނުވުމަށާއި އެ ކުއްޖާ ކުޅެން ގެންގުޅޭ ސާމާނާއި ގޭގެ  ދޮރުތަކުގެ އަތްގަނޑުވެސް ރަނގަޅަށް ސާފް ކުރަން ޖެހޭކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ކުޑަކުދިންނަށް ޙާއްޞަ ސަމާލުމަކެއް ދެއްވާ އެކުދިންނަށް ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމް ސްކޫލްތަކުގައިވެސް ހަމަޖައްސާފައި ބެހެއްޓުން މުހިންމުކަމުގައި ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައިވެއެވެ.

“ހޭންޑް ފުޓް މައުތް ތަންކޮޅެއް ގިނަވޭ އެބަ. ހުރިހާ ކުދިން އަތް ދޮންނަން އާދަ ކޮށްދެއްވާ. ބަލި ޖެހުމުން ހަފްތާއަކަށް ސުކޫލަށް ނުފޮނުއްވާ. ކުޅޭ ސާމާނު، ދޮރުގެ އަތްގަނޑު ، ރަނގަޅަށް ސާފުކުރައްވާ. ހުރިހާ ސުކޫލެއްގައިވެސް ސައިބޯނިން އަތް ދޮވެވޭގޮތަށްއިންތިޒާމް ކުރެއްވުން މުހިންމު.” ފައިސަލް ލިޔުއްވާފައިވެއެވެ.

މި ބައްޔަކީ އަވަސް އަވަހަށް ފެތުރޭ ބައްޔަކަށް ވުމުން ބަލިން ސަލާމަތް ވުމުގެ ގޮތުން އާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި ބަލި ޖެހިފައިވާ ކުދިން އެހެން ކުދިންނާއި ވަކިން ގެންގުޅުމަށް ކަމާއި ބެހޭ ފަރާތްތަކުން އިރުޝާދު ދެއްވައެވެ. މި ބަލި އާއްމުކޮށްޖެހެނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.