އިފްސާގެ އިސްލާމިކް ވިންޑޯ/ ޔުނިޓް އޮފް ދަ އިޔަރ ދެވަނަ ފަހަރަށް އަޔާދީ ތަކާފުލްއަށް..
އިފްސާގެ އިސްލާމިކް ވިންޑޯ/ ޔުނިޓް އޮފް ދަ އިޔަރގެ ރަން ވަނަ މިއަހަރުވެސް އަޔާދީ ތަކާފުލްއަށް ލިބިއްޖެއެވެ.
މިއީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ ”އަޔާދީ ތަކާފުލް“އަށް ސައުތު އޭޝިޔާ ސަރަހައްދުގެ ޝަރަފުވެރި އެވޯޑެކެވެ.
އަޔާދީ ތަކާފުލްއަށް މިއެވޯޑު ލިބިފައިވަނީ ޔޫޓީއޯއިން އިންތިޒާމްކޮށްގެން ސްރީލަންކާގައި ބޭއްވި އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިޔާ (އިފްސާ) ގެ ތިންވަނަ އަހަރީ އިނާމު ދިނުމުގެ ހަފުލާގައެވެ.
އަޔާދީގެ ފަރާތުން މިއެވޯޑާއި ހަވާލުވެދެއްވީ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާންއެވެ.
2014 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ”އަޔާދީ ތަކާފުލް“ އަކީ އިސްލާމީ ޝަރީއަތްތަކާއި އުސޫލުތަކުގެ މަތިން ފަރުމާކޮށްފައިވާ އިންޝުއަރަންސް އެކި އެކި ޚިދުމަތްދޭ ކުންފުންޏެކެވެ.
އެގޮތުން ކަސްޓަމަރުންގެ ތަރުހީބު ލިބިފައިވާ އަޔާދީގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި ކާރިސާ ތަކާފުލް، ހޯމް ތަކާފުލް، ޗައިލްޑް އެޑިޔުކޭޝަން ތަކާފުލް، ހައްޖު އަދި އުމްރާ ތަކާފުލް ފަދަ އިތުރު ޚިދުމަތްތައް ހިމެނެއެވެ.
އަޔާދީ ތަކާފުލްގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ އަޔާދީގެ މަސައްކަތްތަށް އަގުވަޒަންކުރުމުގެ ގޮތުން ވިދި ވިދިގެން ދެވަނަ ފަހަރަށް މިއެވޯޑް ލިބުމަކީ ކުރިޔަށްދިޔުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކުރިޔަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ އަޔާދީ ތަކާފުލްގެ ކާމިޔާބީގެ ފަހަތުގައިވާ ހަގީގީ ސިއްރަކީ އެކުންފުނީގެ ހީވާގި، ޒުވާން ޓީމު ކަމަަށެވެ. އެހެންކަމުން މިމުނާސަބު ވަގުތުގައި ކުންފުނީގެ ފަރާތުން ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ތަހުނިޔާ އަރިސްކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.