އެޕަލް ކުންފުނިން އެންމެފަހުން ބާޒާރަށް ނެރުނު ދެ ފޯނު ދިރާގުން ލޯންޗުކޮށްފި

އެޕަލް ކުންފުނިން އެންމެފަހުން ބާޒާރަށްނެރުނު ދެ ފޯނު ކަމަށްވާ އައިފޯނު 10 އެސް އަދި 10 އެސް މެކްސް ދިރާގުން ލޯންޗުކޮށްފިއެވެ.

މި ދެ ފޯނު ރާއްޖެއަށް ލޯންޗުކުރުމުގެ ޙަފުލާ އޮތީ ރާއްޖޭގެ އެންމެދުވަސްވީ މުވާސަލަތީ ޚިދުމަތްދޭ ކުންފުނި ދިރާގުގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު full width ad 1200 x 150

މި ރަސްމިއްޔާތުގައި ދިރާގުގެ ޑިވައިސް މެނޭޖަރ އަހުމަދު އިޝާން ވިދާޅުވީ ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް ފޯނުތައް ދޫކުރަން ފަށާފައިވާ ކަަމަށެވެ. އަދި ޕްރީ އޯޑަރ ކުރި މީހުންގެ ތެރެއިން މާލެއާ ހުޅުމާލެއިން ފޯނު ގަތުމަށް އެދިފައިވާ މީހުންނަށް މިއަދު މެންދުރުފަހު 14:30ން އިރުއޮއްސި 18:00 އާހަމައަށް ފޯނު ގަތުމުގެ ފުރުޞަތު ދެވޭނެ ކަމަށެވެ.

’މިއަދު ފޯނާ ހަވާލުވެވެން ނެތް މީހުންނަށް ދިރާގުގެ ކަސްޓަމަރ ސަރވިސް ސެންޓަރުން މާދަމާ ފޯނު ލިބެން ހުންނާނެ. ޕްރީއޯޑަރުކުރުމަށް ހުޅުވާލުމާއެކު، ގިނަދުވަސްތަކެއްނުވެ، ހުރިހާ ފޯނެއް ވިކި ހުސްވެއްޖެ‘ އިޝާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕްރީއޯޑަރ ނުކުރެވުނު މީހުންނަށް ވަރަށް އަވަހަށް ފޯނު ގެނެސްދޭނެ ކަމަށެވެ.

ދިރާގުން ބުނީ މި އައިފޯނުތަކުގެ އަގު އުޅެނީ 20،000ރ އިން ފެށިގެން 30،000ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.

މިދިޔަ މަހު 12 ވަނަ ދުވަހު އެޕަލްއިން ވަނީ އައިފޯނު 10އެސް އަދި 10އެސް މެކްސް އަދި އައިފޯން 10އާރް ބާޒާރަށް ނެރެފައެވެ. 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.