މާރެސް ޖަމިއްޔާއިން ހިންގި ބެޑްމިންޓަން ކޯޗިންގ ކޭމްޕް ނިންމާލައިފި
މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމަންޓް ސޮސައިޓީ (މާރެސް) ގެ ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ބެޑްމިންޓަން ކޯޗިންގ ކޭމްޕް ނިންމާލައިފިއެވެ.
މިއީ 8 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕުގައި 30 ކުދިން ބައިވެރިވެފައިވާ އިރު، ކޯޗުންގެ ގޮތުގައި މަސައްކަތްކޮށްދެއްވީ BWF ގެ ކޯޗިންގ ސެޓްފިކެޓް އޮތް ބޭފުޅުންނެވެ.
މާރެސް ޖަމިއްޔާއިން ބުނީ މިކޭމްޕު ފިރިހެންކުދިންނަށް ކުރިއަށް ގެންދިޔަ ކަމުގައިވިއަސް، ކައިރި މުސްތަޤުބަލެއްގައި އަންހެން ކުދިންނަށްވެސް ކޭމްޕެއް ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި މާރެސްގެ ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ފުޓްބޯޅަ ކޯޗިންގ ކޭމްޕެއްވެސް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
އެ ޖަމިއްޔާއިން މީގެކުރިން ވަނީ ޒުވާނުންނަށް ޚާއްޞަކޮށްގެން ވޮލީބޯޅަ ކޯޗިންގ ކޭމްޕެއް 2 ފަހަރެއްގެ މަތިން ހިންގާފައެވެ. މިކޭމްޕްތަކުގައި ކޯޗުކަން ކޮށްދީފައިވަނީ ރާއްޖޭންބޭރުގެ ކޯޗުންނެވެ.