ގާދޫ ފުޓްސަލް ޗެލެންޖް 2018: މިއަދު ކުޅުނު މެޗުތަކުން ތާވަޅު އެފްސީ އާއި ޔަންގް ބޯއީސް މޮޅުވެއްޖެ

ލ. ފޮނަދޫ ޔޫތް އެސޯސިއޭޝަން (ފިޔަ) ޖަމްޢިއްޔާއިން އިންތިޒާމްކޮށްްގެން މިހާރު ފޮނަދޫ ގައި ކުރިޔަށް ގެންދާ “ ގާދޫ ފުޓްސަލް ޗެލެންޖް 2018″ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން ތާވަޅު އެފްސީ އާއި ޔަންގް ބޯއީސް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު 16:10 ގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ތާވަޅު އެފްސީ އާއި ހޭޅި އެފްސީ އެވެ. މި މެޗު 2-4 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ތާވަޅު އެފްސީއެވެ. މި މެޗުން ތާވަޅު އެފްސީ މޮޅުވިއިރު މިއީ އެޓީމު މި މުބާރާތުގައި ޖެހިޖެހިގެން މޮޅުވާ ދެވަނަމެޗެވެ. އެހެން ކަމުން މިއަދުގެ މޮޅާއެކު މިވަގުތު ޖުމްލަ 6 ޕޮއިންޓާއި ފައިދާ 7 ގޯލާއެކު ތާވަލުގެ އެންމެ ކުރީގައި އޮތީ ތާވަޅުއެފްސީއަށެވެ. ދެވަނަ ޗެމްޕިއަންސް އެފްސީ އަށް ލިބޭއިރު، އެޓީމު ދެވަނައިގައި އޮތީ 3 ޕޮއިންޓާއި އެކު ގޯލުގެ ތަފާތުންނެވެ. ތާވަޅު އެފްސީ އާއި ހޭޅި އެފްސީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަބުދުﷲ ނަސީރުއެވެ.

އިޝްތިހާރު full width ad 1200 x 150

young boys fc

މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ރޯޔަލް އެފްސީ އާއި ޔަންގް ބޯއީސް އެވެ. މިމެޗު 1-3 ން ކާމިޔާބުކުރީ ޔަންގް ބޯއީސް އެވެ. ޔަންގް ބޯއީސް މިއަދުގެ މެޗުން މޮޅުވިއިރު، މިއީ އެޓީމު މި މުބާރާތުގައި ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ބަލިވިނަމަވެސް މިއަދު ރޯޔަލް އެފްސީ އަތުން އެޓީމު ވަނީ މޮޅުވެފައެވެ. އެހެން ކަމުން މިއަދު ކުޅުނު މެޗުން ލިބުނު މޮޅާއެކު މިވަގުތު ތާވަލުގެ ތިންވަނަ ލިބެނީ ޔަންގް ބޯއީސް އަށެވެ. ކުޅުނު ދެ މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައި އޮތީ ރޯޔަލް އެފްސީއެވެ. ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާ ރޯޔަލް އެފްސީ އަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ރޯޔަލް އެފްސީ އާއި ޔަންގް ބޯއީސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޔަންގް ބޯއީސްގެ ޖާޒީ ނަމްބަރ 9 ރާޒީއެވެ.

5ޓީމު ވާދަކުރާ މި މުބާރާތް ކުރިޔަށް ދާނީ ލީގު އުސޫލުން ނެއެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.

މި މުބާރާތުގެ ފޯރިގަދަ ދެ މެޗު މާދަމާވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 16:10 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރޯޔަލް އެފްސީ އާއި ތާވަޅު އެފްސީ އެވެ. އަދި މާދަމާ ހަވީރު 17:00 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޭޅި އެފްސީ އާއި ޗެމްޕިއަންސް އެފްސީ އެވެ.

އޮކްޓޫބަރ 8 ން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ”ގާދޫ ފުޓްސަލް ޗެލެންޖް 2018“ ފުޓްސަލް މުބާރާތަކީ ޒުވާނުންގެ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

ފިޔަ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގައި 5 ޓީމަކުން ބައިވެރިވެއެވެ. މިއީ މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.