އޭޑީކޭ ހޮސްޕިޓަލުން މި މަހުގެ ނިޔަލަށް އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވައި ސްކްރީންކޮށްދިނުން ހިލޭ..

އޭޑީކޭ ހޮސްޕިޓަލުން މި މަހުގެ ނިޔަލަށް އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވައި ސްކްރީންކޮށްދިނުން ހިލޭ ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ވިދާޅުވީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުން އޮންނާނެ ކަމަށެވެ. އަދި ބްލޮކް އޭގެ 22 ވަނަ ކޮޓަރިއަށް ދިއުމުން އެކަމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

އޭނާ އިތުރަށް ވިދާޅުވީ ސްކްރީނިންގގެ އިތުރުން އަމިއްލައަށް އެކަން ދެނެގަނެވޭނެ ގޮތްތައްވެސް ދަސްކޮށްދޭނެ ކަމަށާއި މި މަހު ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މަޢުލޫމާތު ދިނުމާއި ސްކްރީނިންގ އާއި ސެލްފް އެގްޒަރމިންގެ ކަންތައްތައް ދަސްކޮށްދޭނެ ކަމަށެވެ.

”ސްކްރީނިންގެ ތެރޭގައި އަލާމާތެއް ފާހަގަކުރެވިއްޖެނަމަ ސްކްރީނިންގެ ތެރެއިން އެ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމާއި އެޕޮއިންޓްމަންޓް ހެދުމުގެ މަގު ވެސް ފަހިކޮށްދޭނެ“ އެމްޑީ އަފްޢާލް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ބައިނަލްއަޤުވާމީ ގޮތުން ހަމަޖައްސާފައިވާ މަހެވެ. މި މަހުގެ ތެރޭގައި އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަން ދުނިޔޭގެ އެކި ޤައުމުތަކުގައި ތަފާތު ހަރަކާތްތައް ހިންގަމުން އަންނަ އިރު، ރާއްޖޭގައިވެސް ކޮންމެ އަހަރަކުވެސް ތަފާތު ހަރަކާތްތައް ހިންގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.